އިއްޔެ ރައީސްކަމަށް ހުވާކުރެއްވުމަށްފަހު އަލަށް ވެރިކަމާއި ހަވާލުވެވަޑައިގަތް ޑރ. މުޙައްމަދު މުޢިއްޒު ދެއްވެވި އިޚްލާސްތެރި ތަގުރީރަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް މަރުހަބާ ވިދާޅުވެއްޖެއެވެ.

ގާސިމް ވަނި ވެރިކަމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގަތުމަށްފަހު ޑރ. މުޢިއްޒު ޤައުމާއި ނުހަނު އިޚްލާސްތެރިކަމާއެކު މުހާތަބުކުރެއްވުމުން ތައުރީފު ކުރައްވާފައެވެ. އަދި ގާސިމް ވަނީ ޑރ.މުޢިއްޒަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެންފައެވެ.

ގާސިމް ވަނީ ޑރ. މުޢިއްޒުގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާކުރެއްވި ޙުސައިން މުޙައްމަދު ލަތީފަށްވެސް މަރުހަބާ ވިދާޅުވެފައެވެ.



އިއްޔެ ހަވީރު މާލޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ޑރ. މުޙައްމަދު މުއިއްޒާއި، ނައިބު ރައީސް ޙުސައިން މުހައްމަދު ލަތީފް (ސެމްބެ) އަށް މަގާމުގެ ހުވާލައިދެއްވީ، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދްނާންއެވެ.

ޑރ. މުއިއްޒުގެ ތަގުރީރުގައި ގައުމީ ބޮޑެތި މައްސަލަތަކަށް އަކިއަޅުއްވާލައްވައި އެމަނިކުފާނުގެ މުހިންމު ބައެއް ސިޔާސަތުތައް ވެސް ހާމަކުރަށްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން