ޤާނޫނުއަސާސީ ރައްކާތެރިކުރުމުގެ ވަޢުދުތަކަށް އިޙްތިރާމް ކުރައްވާނެ ކަމަށް ބަންޑާރަ ނައިބުގެ މަޤާމަށް އިއްޔެ ޢައްޔަންކުރެއްވި އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވީ ކުރީގެ ބަންޑާރަ ނައިބު ރިއްފަތު އިބްރާހީމް އޭނާއަށް މަރުހަބާ ވިދާޅުވެ ލިއުއްވި ބަސްކޮޅަކަށް ޖަވާބު ދެއްވަމުންނެވެ.

ބަންޑާރަ ނައިބުގެ ދައުރު އަދާކުރުމަކީ ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށާއި އަދި އެއީ ވަރަށް ހައްސާސް މަޤާމެއް ކަމަށް އުޝާމު ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ އޭނާ ގަސްތުކުރައްވަނީ ޤާނޫނީ ވެރިކަމެއް ހަގީގަތުގައި ދަމަހައްޓައި، ޤާނޫނުއަސާސީ ރައްކާތެރިކުރުމުގެ ވަޢުދުތަކަށް އިޙްތިރާމް ކުރެއްވުމަށް ކަމަށެވެ.



ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އުޝާމް ވަނީ ރައީސް މުޢިއްޒު އޭނާއަށް ފަހިކޮށްދެއްވި އެ ފުރުޞަތަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަޤާމުގެ މުހިންމުކަމުގެ ބަރުދަން ގަބޫލުކުރަށްވައި، އެކަމާ ކުރިމަތިލައްވާނީ ސީރިއަސްކަމާއި އިޚުލާސްތެރިކަމާ އެކުގައި ކަމަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ވަނީ މި ވެރިކަމުގައި ޤާނޫނުތައް ދެމެހެއްޓުމުގެ ނަމޫނާ މިންގަނޑުތަކެއް ކަނޑައެޅޭނެ ކަމުގެ ޔަގީންކަން ދެއްވަވާފަވެއެވެ.

ޤާނޫނީ ދާއިރާއިން މަތީ ތައުލީމު ޙާސިލުކުރައްވާފައިވާ އުޝާމްއަކީ މީގެ ކުރީގައި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަޤާމްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން