އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓާ ހާސިލްކޮށްފައިވާ އިމާމުންނަށް ރާއްޖެއިން ބޭރުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި އިޢުލާންކުރައްވައިފިއެވެ.

އިއްޔެ އިސްލާމިކް މިނިސްޓަރކަމުގެ ހުވައިކުރައްވާ މަގާމާއި ހަވާލުވެވަޑައިގެންނެވި ޝަހީމް މިފަދައިން އިއުލާންކުރެއްވި ނަމަވެސް، މިކަމުގެ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. ޑރ. ޝަހީމް ވިދާޅުވީ ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހެދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޝްރޫޢުއެއް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށެވެ.



އެގޮތުން، މިޞްރާއި ސަޢުދީ އަރަބިއްޔާއާއި މެލޭޝިޔާއާއި ބުރޫނާއި އަދި އިންޑޮނޭޝިޔާއިން ތަމްރީނުގެ ފުރުޞަތު އިމާމުންނަށް ހޯދައިދޭނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

މަޤާމުގެ ހުވާކުރެއްވުމާއެކު، ޝަހީމް ވަނީ ފަތުވާ ކައުންސިލް އިތުރަށް ތަރައްގީކުރުމާއި އިސްލާމިކް ސްޓޫޑިއޯ ޓީވީ ސްޓޭޝަނަކަށް ބަދަލުކުރުމާއި، ގުރުއާނާއި ބެހޭ މަރުކަޒާއި ޒަކާތުގެ ފަންޑު އިތުރަށް ތަރައްގީކޮށް ޒަކާތު ހައުސް އުފައްދަވަން ނިންމަވާފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ އަދި ހަދަމުންދާ އިސްލާމީ މަރުކަޒުތައް މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް ބޭނުންކުރެވޭ ތަންތަނުގެ ގޮތުގައި ހެދުމާއި އައުގާފުތައް އިތުރުކޮށް މިސްކިތު ފަންޑު ތަރައްގީ ކުރުމުގެ އިތުރުން ހައްޖު ފަންޑު ތަރައްގީކުރުމަށްވެސް ޝަހީމް ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން