ޖަލު ހުކުމުން މިނިވަންވުމުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ ބޭސް ފަރުވާ އަކަށް ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަައެއްގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ރައީސް ސާލިޙުގެ ސަރުކާރުން މައާފް ދެއްވުމުން އެމަނިކުފާނު މިހާރު ވަނީ މިނިވަންވެވަޑައިގެންފައެވެ. ޖަލުގެ ހުކުމުން މިނިވަންވެވަޑައިގަތުމުން އަދީބު މިހާރު ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑަައިގެންފައެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގަތީ ބޭސްފަރުވާ އަކަށް ކަމަށާއި ބޭސް ފަރުވާގެ ކަންކަން ނިމުމުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އަދީބު ވިދާޅުވީ އެމަނިކުފާނަކީ މިހާރު "މިނިވަނެއް" ކަމަށްވާތީ ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކޮށް އުޅުމުގެ ހައްގު އެމަނިކުފާނަށް ވެސް އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ރާއްޖެ އިން ބޭރަށް ވަޑައިގަތީ އެއްވެސް ހާލެއްގައި ފިއްލަވައި ދިރިއުޅުއްވުން ބަދަލުކުރައްވަން ނޫން ކަމަށް އަދީބު ވިދާޅުވިއެެވެ.

ބައެއް ނޫސްތަކުން ސިފަކޮށްފައިބަނީ އަދީބު ފިއްލަވަން ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ކަމަށް މާނަކުރެވޭ ގޮތަށެވެ.

އަދީބާއެކު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބުވެސް ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން ވަނީ މައާފްކޮށްދެއްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން