ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ގަނޑުވަރު، މުލިއާގެއަށް ބަދަލުވެވަޑައިގަންނަވާނީ އަންނަ ޑިސެމްބަރު މަހުގައި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވިގޮތުގައި މިވަގުތު ރައީސް މުޢިއްޒު ހުންނެވީ އަމިއްލަ ގެކޮޅު، މ. ދިމްޔާތުގައެވެ. އަދި މުލިއާގެއަށް ބަދަލުވެވޭނީ އެތަނުގެ މަރާމާތުގެ މަސައްކަތް ކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މުލިއާގެއިން ނިކުމެވަޑައިގަތީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. މީގެ 104 އަހަރު ކުރިން ބިނާކޮށްފައިވާ މުލީއާގޭގައި ކުރީގެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީންވެސް ވެރިކަން ކުރެއްވި ދުވަސްވަރުގައި ދިރިއުޅުއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން