ކުރިއަށް މިއޮތް ފަސް އަހަރަކީ ދިވެހި ގައުމަށް ލާބަޔާ މަންފާ ލިބިގެންދާނެ ފަސް އަހަރު ކަމުގައި ވާނެކަމަށް އުންމީދުކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ އިއްޔެ ހުވާކުރަށްވައި ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑަައިގެންނެވި ޑރ މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް އަަދި ކެބިނެޓްގެ ވަޒީރުންނަށް މަރުހަބާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ.

އިމްރާން ވިދާޅުވީ ދިވެހި ލޮބުވެތި ރައްޔިތުން އެބޭފުޅުންނަށް ދެއްވި މެންޑޭޓާ އެއްގޮތަށް ކުރިއަށް މިއޮތް ފަސް އަހަރަކީ ދިވެހި ގައުމަށް ލާބަޔާ މަންފާ ލިބިގެން ދާނެ އަހަރުތަކެއް ކަމުގައި އުންމީދު ކުރައްވާ ކަމަށެވެ.



ކުރީގެ މިނިސްޓަރ އިމްރާން ވަނީ، ހެޔޮ ވެރިކަމެއް ކުރުމުގެ ތައުފީގު މި ސަރުކާރަށް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

އިމްރާންއަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި އެންމެ ވަރުގަދައަށް ޑރ މުއިއްޒުއަށް ފާޑުވިދާޅުވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެެެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ދަވާލާ

19-Nov-2023

ފަހަރި ދައިތަ ހާދަ ދެރަވެފައި ، މުނާފިގު ގުރޫޕު ބަލިކަށިވެ ނިމިދަނީދޯ


3

މުނާފިޤު

18-Nov-2023

އަދިވެސް ފޮނު އަރުވަނީ ތަ



ޓްރެންޑިން