ކުޅުދުއްފުށީ މަށިކުޅިއަށް ޖައްސާފައިވާ ފްލެމިންގޯތަކެއް (ސޯޝަލްމީޑިއާއިން ނަގާފައިވާ ފޮޓޯއެއް)
ކުޅުދުއްފުށީ މަށިކުޅިއަށް ޖައްސާފައިވާ ފްލެމިންގޯތަކެއް (ސޯޝަލްމީޑިއާއިން ނަގާފައިވާ ފޮޓޯއެއް)
ފުލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނީގެ ބައިގަނޑެއް ކުޅުދުއްފުށީ ސިޓީއަށް ތިރިކޮށްލައިފިއެވެ.

ކުޅުދުއްފުށީ ސިޓީގައި އޮންނަ ރީތި މަށިކުޅިއަށް ގިނަ އަދަދެއްގެ ފުލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނީގެ ބައިގަނޑެއް ޒިޔާރަތްކުރި ފޮޓޯތަކެއް ޝޯޝަލް މީޑިޔާގައި މިހާރު ވަނީ އާންމުވެފައެވެ.



ގިނަ އަދަދެއްގެ ފުލެމިންގޯ ކުޅުދުއްފުށީގެ މަށިކުޅި އަށް އައިސްފައިވާއިރު ބަލާ ފޫހި ނުވާ ހިތްގައިމު ދޫނިތަކުގެ މި މަންޒަރު ބަލާލުމަށް ގިނަ ބަޔަކު އަންނަނީ އެތަނަށް ޒިޔާރަތް ކުރަމުންނެެވެ. އެ ހިތްގައިމު މަންޒަރު ފެންނަ އެކި ފޮޓޯތަކަށް ގިނަ ބަޔެއްގެ ސަމާލުކަން މިހާރު ވަނީ ލިބިފައެވެ.

ކޮންމެ އަހަރަކު ވެސް އިރުވައި މޫސުމުގެ މި ދުވަސްވަރަކީ ރާއްޖެއަށް ތަފާތު ދޫނިތައް ހިޖުރަ ކުރާ ދުވަސްވަރެކެެވެ. އެހެންކަމުން އެ ދޫނިތައް ހިފައި އެއްވެސް ބާވަތެއްގެ އުނދަގުލެއް ގޯނާ އެއް ނުކުރުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން