އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އެއްރުއްހެރާއަށް ދަތުރު ގޮސް އުޅުނު މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ދަތުރުގޮސް އުޅުނު މީހަކު ހާލު ދެރަވެގެން ކޯސްޓްގާޑްގެ އެހީތެރިކަމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 12:55 ހާއިރު ލިބިފައިވާ ކަމަށެވެ. އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި މަރުވެފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން