ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ އެ ގައުމަށް ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް މިއަދު އެދިއްޖެއެވެ.

ރައީސް އޮފީހުން ބުނީ މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ.

މިބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ މުހިންމު ރިޔާސީ ވައުދެކެެވެެ. އިންޑިއާ ސަރުކާރާއި ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު އިންޑިޔާ ސިފައިންގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތު މިސަރުކާރުން ރައްކާތެރިކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ

އަވަށްޓެރީންނާއި، ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމްކުރައްވާނެ ކަމަށާއި، ޤައުމުތަކާއެކު ރަޙްމަތްތެރި ގުޅުން ވެސް ބާއްވަވާނެ ކަމަށެވެ. އަދި އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ އިމަށް، ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހަމަ މިފަދައިން ދިވެހި ދައުލަތުގެ ސިޔާދަތީ އިން ރައްކާތެރިކުރުމުގެ ޙައްޤު އޮންނަންވާނެ ކަމަށް ރައީސް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު


1

ރެއްކަބޭ

21-Nov-2023

އިންޑިއާ ސިފައިން ތިބީމާ މިސަރަހައްދުގެ ކަނޑުގައި ހިންގާ ހަތިޔާރާއި ތެލާއި ޑްރަގުގެ ވަގުވިޔަފާރި ނުކުރެވޭނެތީ ކުރާކަމެއްމީ. ޔާމީނަކީ ފެށުނީއްސުރެންވެސް މިވަގުވިޔަފާރި ކުރަމުންދިޔަމީހެއް. އެހެންވެ އިންޑިއާއަޓު ރައްޔިތުން ގުބޯހައްދައިގެން ގޮއްވީ.



ޓްރެންޑިން