ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރައްވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

އައު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ މަގާމާއި ހަވާލުވުމަށްފަހު އެމަނިިކުފާނުގެ މަސައްކަތާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

ފައިސަލް ވިދާޅުވީ ރައީސް މުއިއްޒުގެ ޓޫރިޒަމް މިނިސްޓަރގެ މަގާމަށް އޭނާ އައްޔަންކުރެއްވިޓަކައި ޝުކުރު ދަންނަވާކަމަށެވެ. އަދި ރައީސުލްޖުމްހުރިއްޔާ ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރައްވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.



ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިޞަލް މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ މެލޭޝިއާގެ ވެސްޓްމިންސްޓަރ އިންޓަނޭޝަނަލް ކޮލެޖުންނެވެ. އެއީ ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިންނެވެ.

ސަރުކާރުގެ ޚިދުމަތުގައި އެމަނިކުފާނު ފުރަތަމަ މަސައްކަތްކުރެއްވީ ފުލުހުންގެ އިދާރާގައެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑިޕިއުޓީ މިނިސްޓަރކަމުގެ މަޤާމު 2013 ވަނަ އަހަރުން 2015 ވަނަ އަހަރަށް އަދާކުރެއްވިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް އެމަނިކުފާނުވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައި ޚިދުމަތްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޢަދުނާނު

20-Nov-2023

މިހާތަނަށް އެކަކުވެސް ޙަވާލެއްނުވޭ މަޤާމަކާ "ކަންކުތިކޮށް، އޮރިކޮށް ހިންގާކަށް" ހަމަ ކޮންމެމީހަކުވެސް ޙަވާލުވީ އެމީހަކަށް ހިންގުނުހާ "ތެދަށް" ހިންގަން! ނޫންތަ؟



ޓްރެންޑިން