ސަރުކާރުން މަސައްކަތްކުރާނީ މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމަށްކަމަށާއި، އެކަމާއި ގުޅޭ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު ގަޑިބުރު ޒަމާނީކޮށް ތަރައްގީކުރުމަށްފަހު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްްޒު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ. އަދި 1200 ހެކްޓަރުގެ އެ ތަނަކީ މިހާރު ހުޅުމާލޭގެ ދެ ފޭސް އެއްކޮލުމުން އޮންނަ ޖާގައަށްވުރެ 3 ގުނަ ބޮޑު ސަރަހައްދެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިންވެސް ވައުދު ވެފައިވާ ފަދައިން ސަރުކާރުން މަސައްކަތް ކުރާނީ މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން ފަށާފައިވާ ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށެވެ. އަދި ގިރާވަރުފަޅާއި ގްރޭޓަރ މާލެ ސަރަހައްދު ބުރިޖުން ގުޅާލުމުގެ މަސައްކަތްވެސް މި ސަރުކާރުން ކުރިއަށްގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން