އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެއްލުން ލިބުނު ޓްރާންސްފޯމަރުގެ ބައިތައް ބަދަލު ކުރުމަށްފަހު ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދީފިއެވެ.

ސްޓެލްކޯއިން ބުނީ މިރޭ ހިނގާދިޔަ މި އަލިފާނުގެ ހާދިސާގެ ސަބަބުން ހުޅުމާލޭ ފޭސް 2ގައި ހުރި ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑުނީ ހުޅުމާލޭގެ ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަކަށް ލިބުނު ގެއްލުމާއި ގުޅިގެން ކަމަށެވެ.

އަދި މިހާދިސާ ހިނގާ ދިއުމުން ކަރަންޓު ކެނޑުނު ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުން ވަނީ ލަސްތަކެއްނުވެ ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންގޮސްފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ މިހާދިސާ ހިނގަން މެދުވެރިވީ ޓްރާސްފޯމަރ ބެހެއްޓި ކޮންޓްރެކްޓަރގެ އިހުމާލުން ކުރިމަތިވެފައިވާ ލޫޒް ކަނެކްޝަނެއްގެ ސަބަބުން ކަމަށް ބެލެވޭކަމަށެވެ. އަދި އެ ޓްރާސްފޯމަރ ބެހެއްޓުމުގެ މަސައްކަތަކީ އެޗްޑީސީން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަސައްކަތެއްކަމަށްވެސް ޝަރީފް ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން