ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް އަބްދު ﷲ ޝަމާލު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ޝަމާލު ރިޓަޔަރކުރެއްވީ 35 އަހަރުގެ ހިދުމަތަށްފަހުކަމަށެވެ.

ނިމިގެންދިޔަ ރައީސް ސާލިހުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ. ޝަމާލަކީ އަސްކަރީ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރެލް އަބްދުއްރަހީމް އައްޔަންކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން