އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފެނަކަ ކޯޕަރޭޝަން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ތިމާވެށީގެ ގަވާއިދާ ހިލާފުވުމުން ފެނަކަ ކޯޕަރޭޝަން 4.2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަން ހާމަކޮށްފައެވެ.



އީޕީއޭއިން ފެނަކަ ޖޫރިމަނާ ކުރީ އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމާއި ގުޅިގެންނެވެ.

"މި އެޖެންސީން ބަލައި އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި އެ ކުންފުނިން ފަށާފައިވާކަން މި އެޖެންސީއަށް ޔަޤީންކުރެވިފައިވެއެވެ." އީޕީއޭއިން ބުނެފައި ވެއެވެ.

މީގެ ކުރިންވެސް ފެނަކަ ކޯޕަރޭޝަނުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދަށް 6 ފަހަރެއްގައި ޚިލާފުވުމާއި ގުޅިގެން އެފަރާތާއި މެދު އެޖެންސީން ފިޔަވަޅު އަޅާފައިވާކަމަށްވެސް އީޕީއޭއިން ފާހަގަކުރިއެވެ.

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ފެނަކައިން ޢަމަލީ މަސައްކަތްތައް ފަށާފައިވާ މަޝްރޫޢުތައް:-

* ހދ. ފިނޭގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 7 ވަނަ ފަހަރު)

* ހއ. އުލިގަމުގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 8 ވަނަ ފަހަރު)

* ހއ. އުތީމުގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 9 ވަނަ ފަހަރު)

* ގދ. މާވަރުލުގައި ފެނާއި ނަރުދަމާ އަދި އިންޖީނުގެ އެޅުމުގެ މަޝްރޫޢު (ގަވާއިދާ ޚިލާފުވި 10 ވަނަ ފަހަރު)

* ށ. ފޭދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 11 ވަނަ ފަހަރު)

* ށ. މާއުނގޫދޫގައި ހުރި އިންޖީނުގެ އިތުރަށް ތަރައްޤީކުރުން (ގަވާއިދާ ޚިލާފުވި 12 ވަނަ ފަހަރު)

* ހއ. ދިއްދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 13 ވަނަ ފަހަރު)

* ރ. ރަސްގަތީމުގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 14 ވަނަ ފަހަރު)

* ރ. ކިނޮޅަހުގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 15 ވަނަ ފަހަރު)

* ނ. ކެނދިކުޅުދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 16 ވަނަ ފަހަރު)

* ހއ. މުރައިދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 17 ވަނަ ފަހަރު)

* ށ. ކޮމަންޑޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 18 ވަނަ ފަހަރު)

* ނ. ފޮއްދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 19 ވަނަ ފަހަރު)

* ޅ. ކުރެންދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 20 ވަނަ ފަހަރު)

* ހދ. ކުޅުދުއްފުށީގައި ހުރި އިންޖީނުގެ އިތުރަށް ތަރައްޤީކުރުން (ގަވާއިދާ ޚިލާފުވި 21 ވަނަ ފަހަރު)

* ހދ. ކުމުންދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 22 ވަނަ ފަހަރު)

* ދ. މީދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 23 ވަނަ ފަހަރު)

* ލ. މާބައިދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 24 ވަނަ ފަހަރު)

* ހއ. މޮޅަދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 25 ވަނަ ފަހަރު)

* ގދ. ރަތަފަންދޫގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 26 ވަނަ ފަހަރު)

* ގއ. ވިލިނގިލީގައި ހުރި އިންޖީނުގެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން (ގަވާއިދާ ޚިލާފުވި 27 ވަނަ ފަހަރު)

ޖޫރިމަނާއަށްވާ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެ އެޖެންސީން ފެނަކައަށް ވަނީ އަންގާފައެވެ. އެ ކުންފުނީގެ ފަރާތުން ކުރިޔަށްގެންދާ އެންމެހައި މަޝްރޫޢުތައް ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، މަރުޙަލާތައް ފުރިހަކުރުމަށްފަހު ކުރިޔަށް ގެންދިޔުމަށްވެސް އީޕީއޭއިން އަންގާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން