އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރު ކަމަށް ވާދަކުރައްވަން ތިން މެންބަރަކު ކުރިމަތިލައްވައިފިއެވެ.

އެމްޑީޕީން ޕީޖީ ލީޑަރަކު ހޮވުމަށް އިއުލާންކުރީ މިދިޔަ ހަފްތާ ތެރޭގައެވެ. އެއީ މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިމަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމުގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއެވެ.

ލީޑަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްގެން ނަމްބަރު އެކެއް ލިބިވަޑައިގަތީ މުހައްމަދު ރަޝީދަށެވެ. ދެވަނަ ނަންބަރު ޣަނީއަށް ލިބިވަޑައިގެންނެވިއިރު ތިންވަނަ ނަންބަރު ލިބިވަޑައިގަތީ ޖާބިރަށެވެ.

މަގާމަށް ބޭފުޅަކު ހޮވުމަށް ވޯޓު ނެގުން އޮންނާނީ މިމަހުގެ 23ވާ ބުރާސްފަތި ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން