3 ދާއިރާއަކާއި ގުޅޭގޮތުން މަސައްކަތްތައް ހަރުދަނާކޮށް، ކުރިއެރުވުމަށް 3 ކައުންސިލެއް އުފެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.



ކައުންސިލްތައް އުފެއްދުމަށް ނިންމެވިކަން އިއުލާންކުރެއްވީ ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑާ ސެކެޓްރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަލަށް އުފައްދަވަން ނިންމަވާފައިވާ ތިން ކައުންސިލަކީ ސޯޝަލް ކައުންސިލް އާއި އިކޮނޮމިކް ކައުންސިލް އަދި ވިޒިޓާ އިކޮނޮމިކް ކައުންސިލް ކަމަށެވެ.

ފިރުޒުލް ވިދާޅުވީ މީގެ ތެރެއިން އިކޮނޮމިކް ކައުންސިލްގެ ރިޔާސަތު ބަލައްހައްޓަވާނީީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުކަމަށެވެ. ސޯޝަލް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެން މުހައްމަދު ލަތީފެވެ. އަދި ވިޒިޓާ އިކޮނޮމިކް ކައުންސިލް ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ މުއިއްޒުކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

މީގެކުރިން ސަރުކާރުގައި ސޯޝަލް ކައުންސިލް އާއި އިކޮނޮމިކް ކައުންސިލުގެ ނަމުގައި ކައުންސިލް އޮތްނަމަވެސް ވިޒިޓާ އިކޮނޮމިކް ކައުންސިލަކީ މުޅިން އާ ކައުންސިލެކެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ފުޅާކޮށް ކުރިއަރުވަން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށް އުފެއްދެވި ކައުންސިލެއްކަމަށް ފިރުޒުލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން