އިމިގްރޭޝަން ކޮންޓްރޯލާ ކަމަށް މުހައްމަދު ޝަމްއާން މިއަދު އައްޔަން ކުރައްވައިފި އެވެ.

ޝަމްއާން މަގާމަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު އެރުއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މަގާމުގެ ފަތްކޮޅު ޝަމްއާނަށް އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ޝަމްއާން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.

މީގެކުރިން އިމިގްރޭޝަންގެ ކޮންޓްރޯލާ ކަމުގެ މަގާމުގައި ހުންނެވީ މުހައްމަދު އަހުމަދު (ހަނަފީ) އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން