ޒަހީނުއްދީން ސަޢީދު   20 ނޮވެމްބަރު 2023 - 1:34
ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. މަހުމޫދު ޝައުގީ އައްޔަން ކުރައްވައިފި އެވެ.

ޝައުގީ އެމަގާމަށް އައްޔަންކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ޑރ. މަހުމޫދޫ ޝައުގީއަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި މިހާތަނަށް ހުންނެވީ ޑރ. ހަސަން ހަމީދު އެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ވަނީ ޔުނިވާސިޓީގެ އެހެން މަގާމުތަކަށް ވެސް ބޭފުޅުން އައްޔަން ކުރައްވާފަ އެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމަށް އައްޔަން ކުރެއްވީ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ. އަދި އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމަށް އައްޔަން ކުރެއްވީ ޑރ. އަލީ ޒާހިރު އެވެ.

މީގެއިތުރުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް އިގްބާލް އާދަމް އަދި ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމަށް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވެސް މިއަދު ވަނީ ހަމަޖައްސަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން