ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ފްލެޓް ދޭން ނިންމާފައިވާ ފަރާތްތަކުގެ ލިސްޓް ރިވިއުކުރަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްްޓަރ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދޭތެރޭ ދޫކޮށްފައިވާ ފްލެޓުތައް, ރިވިއު ކުރާނެކަމަށެވެ.

"ރިޔާސީ އިންތިހާބު ކާމިޔާބު ވުމަށް ފަހު ރައީސް މުއިއްޒު ސަރުކާރަށް އިލްތިމާސް ކުރެއްވި އެެއްވެސް ބިމެއް ނޫނީ ފްލެޓު ދޫކުރުން މަޑުޖައްސާލުމަށް," މިނިސްްޓަރ ހައިދަރު ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ ފްލެޓް ލިސްޓްތައް ރިވިއުކުރާނީ އޭސީސީގެ ލަފާގެ މަތިންކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ.

ކުރި ސަރުކާރުން ވަނީ މި ފްލެޓްތައް 15 ހާހަށް ވުރެ ގިނަ މީހުންނަށް ދިނުމަށް ނިންމާފައެވެ. ނަމަވެސް މީގެތެރެއިން އެއްވެސް ފްލެޓެއްގެ މަސައްކަތެއް ނުނިމެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން