މިދިޔަ މަހު ފަސް ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓްކޮށްފައިވާއިރު، ޑިއުޓީ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ނިސްބަތުން މަދު އަދަދެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ދައުލަތަށް އިމްޕޯޓްކުރި 5 ބިލިއަން ރުފިޔާގެ މުދަލުގެ ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 336 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެތެރެކުރި 4.2 ބިލިއަން ރުފިޔާގެ މުދަލުން ޑިއުޓީގެ ގޮތުގައި ވަނީ 364 މިލިއަން ރުފިޔާ ލިބިފައެވެ.

އިމްޕޯޓު މައްޗަށް ދިޔަ ނަމަވެސް މިދިޔަމަމަހު އެކްސްޕޯޓްކުރި މުދަލުގެ ނިސްބަތް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ މަހު އެކްސްޕޯޓު ކުރި މުދަލުގެ ޖުމްލަ އަގަކީ 163 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އެކްސްޕޯޓްކުރި 187 މިލިއަން ރުފިޔާގެ މުދަލާއި އަޅާބަލާއިރު ދަށް އަދަދެކެވެ.

މިދިޔަމަހު އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކަކީ ޔޫއޭއީ އާއި އިންޑިއާ އާއި ޗައިނާގެ އިތުރުން އޮމާނާއި މެލޭޝިއާއެވެ. އެންމެ ގިނައިން މުދާ ބޭރުކުރީ ތައިލެންޑާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ފްރާންސާއި ވިއެޓްނާމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން