ޒަހީނުއްދީން ސަޢީދު   21 ނޮވެމްބަރު 2023 - 3:12
ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުން "އިމުގާ" ޓްރެވެލާ ޑިކްލެރޭޝަން ފޯމު ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ނިންމައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެ ނިންމުން ނިންމީ އެ އިދާރާގެ ކޮންޓްރޯލަރުގެ މަގާމާ މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި މުހައްމަދު ޝަމްއާން ވަހީދު ކަމަށެވެ. މިއީ ދަތުރު ކުރުމުގައި ދިވެހިންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅުމުގެ ގޮތުން އޭނާ ނިންމެވި ނިންމެވުމެއް ކަމަށް އިމިގިރޭޝަނުން ބުންޏެެވެ.

މިފަދަ ފޯމެއް ދަތުރުކުރުމުގެ ކުރިން ފުރަން ޖެހޭތީ އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިފޯމަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަންނަ މީހުންނާއި އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ކޮންމެ މީހަކު ފުރަން ހަމަޖެއްސި ފޯމެކެވެ. އެއީ 2020 ވަނަ އަހަރުގެ ޖުލައި 15 އިން ފެށިގެން އަމަލުކުރަން ފެށި އުސޫލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން