ޒަހީނުއްދީން ސަޢީދު   21 ނޮވެމްބަރު 2023 - 14:35
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުން ހޯދުމަށް ހުށައަޅާފައިވާ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ވަޒީރު ކަމަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ނަންތައް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތަޅުމުގައި އިއްވަވާފައެެވެ. އެ ނަންފުޅުތަށް އިއްވަވައި ނިމުމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ އެމައްސަލަ ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވިކަން އިޢުލާން ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް 22 މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެެވެ.

ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ބުނާގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކުރާ ބޭފުޅުންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުވަން ޖެހެއެވެ. މީގެ ކުރިން ސްޕުރީމް ކޯޓުން ވަނީ މަޖިލީހުގެ ރުހުން ނެތި ވަޒީރުންނަށް މަގާމުގައި ދެމި ނުތިބެވޭނެ ކަމަށް ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން