ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު އުޅެނީ ހައްގުވެރިންގެ އަތުން ފުލެޓް ފޭރެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ ޑރ. މުޢިއްޒުގެ ސަރުކާރުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަންނާނެ ކަމަށާއި އެކަން މި ސަރުކާރުގެ ހައުސިން މިނިސްޓަރު ދެއްވި ޕްރެސް ކޮންފަރެސުން ހާމަވެފައިވާ ކަމަށެވެ.

މީކާއިލް ވަނީ މި ސަރުކާރުގެ ހައުސިން މިނިސްޓަރަށް އޭނާގެ ރުހުން ނެތް ކަމަށާއި އެ ވަޒީރަށް ރުހުން ނުދިނުމަށް ގޮވާލައްވާ ކަމަށެެވެ.

"އެމްޑީޕީން ތްރީލައިން ވިޕެއް މި ހައުސިން މިނިސްޓަރަށް ރުހުން ދިނުމަށް ގްރީންއަށް ތްރީލައިން ވިޕެއް އަޅުއްވަން ނަހައްދަވާތި، އަޅުގަނޑުގެ ވޯޓެއް ހަމަގައިމު ވެސް ހައުސިން މިނިސްޓަރަކަށް އަޅުގަނޑެއް ނުދޭނަން. މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަންނަން އެނިޔަތް ކަނޑައަޅައިގެން އެ ނިޔަތާއި އެކު ވަޑައިގެން ހުންނެވި ހައުސިން މިނިސްޓަރަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ވޯޓެއް ނުލިބޭނެ." މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން މީކާއިލް ވިދާޅުވީ ގިރާވަރުފަޅާއި ގުޅީ ފަޅާއި އުތުރުތިޅަފަޅު އަދި ހުޅުމާލެ އަކީ ބޯހިޔާވަހިކަން ދޭން އެކަށީގެންވާ ތަންތަން ކަމަށެވެ. ވާދޫ ކަނޑު ހުރަސްކޮށް މާލޭގެ ރައްޔިތުން ފުށި ދިއްގަރު ފަޅަށް ޖަމާކުރަން ނުހެދުމަށް މިސަރުކާރަށް މީކާއިލް ވަނީ ގޮވާލައްވާފައެވެ.

އަދި އެފުރުސަތު އެމްޑީޕީގެ މެޖޯރިޓީން ނުދިނުމަށް ވެސް މީކާއިލް އިލްތިމާސް ކުރެއްވިއެވެ. މީކާއިލް ވިދާޅުވީ މުޢިއްޒުގެ ސަރުކާރުން މިހާރު ހިންގަމުންދާ ކަންކަމަކީ އަލަށް ކުރާ ކަންތައްތަކެއް ނޫން ކަމަށެވެ.

އެގޮތުން މީގެކުރިން އެމްޑީޕީގެ ސަރުކާރުން ދިން ފުލެޓްތައް ވެސް އޭގެ ހައްގުވެރިންގެ އަތުން އަތުލައްވާފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ. މީކާއިލް ވިދާޅުވީ މުޢިއްޒާއި ޕީޕީއެމަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު ހައްގުވެރިންނަށް ލިބޭ އެއްޗެއް ފޭރިގަނެ ކެމްޕޭންގައި އުޅުއްވާ އެކްޓިވިސްޓުންނަށް ބައްސަވައި އަތްގާތް ކޮށްދޭން ތިބޭ ބޭފުޅުންނަށް ބައްސަވާ ކަމަށެވެ.

"ކުރިން ވެސް އެމްޑީޕީގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހައްލުކުރުމަށް އަޅާފައިވާ ގާކޮށި ފުލެޓްތައް އަޅުގަނޑުގެ ދާއިރާއަށް ނިސްބަތްވާ ފުލެޓްތަކެއް ހުންނަ ސަރަހައްދުގެ ގޮތުން، އެފުލެޓްތައް ވެސް ކޮމާޝަލް ރޭޓްގައި ހައްގުވެރިންގެ އަތުން ފޭރިގަނެ މުޢިއްޒު ވިއްކާލީ، މިހާރު ވެސް މި ކުރަމުން އަންނަނީ އެކަންތައްތައް. މިހާރު ކުރަމުން މި އަންނަ ކަމަކީ ހައްގުވެރިންގެ އަތުން ފޭރިގަނެ އެމީހުން ބޭނުންވާ ވަކި ބަޔަކަށް ވަކި ތަންތަނަކުން ގޯއްޗާއި ފުލެޓާއި ކަނޑައަޅާ ދިނުން، މީގެ ކުރިން ގުޅީފަޅުން ވެސް އެމްޑީޕީގެ ސަރުކާރުން ކަނޑައަޅާފައިވާ ގޯތިތަކާއި ފުލެޓްތައް އެއީ ދިރިނޫޅެވޭނެ ސަރަހައްދެއް ކަމަށް ކަނޑައަޅައި ހަައްގުވެރިންނަށް އޭރު ދިން ފުލެޓްތަކާއި ގޯތި ތަކުގެ ބަދަލު ދިނީ ރައީސް ޞާލިހުގެ ސަރުކާރުން." މީކާއިލް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޤާދިރު

23-Nov-2023

މީ އިބޫގެ ވެރިކަމެއްނޫން. ޙަނދާން ކޮއްލަދެން


9

އިދުރީ

21-Nov-2023

މީކައިލް ކައިރީގަ ބުނޭ އަމަޔޭ ނުކިޔާސޭ. ދެންވެސް މުޅި ގައުމު ދިރުވާލަރިގެން ތިބި ނަގަތަކެއްތީ.


1

ކަމަނަ

21-Nov-2023

ސާބަހޭ ދަރިފުޅާ އެންމެ ތަންފުކެއްވެސް ދޫނުދޭތި ނިކަމެތި ރައްޔިތުން މިތިބީ ދަރިފުޅުމެންނާއި އެކީ



ޓްރެންޑިން