މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ރުހުންދީ ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމަށް ދައުވާ ކުރުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ޑރ. ހައިދަރަށް ނިސްބަތްކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލު ނަސީމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

"ހައިދަރަކީ ޕްލޭނިން މިނިސްޓްރީއެއް އުފެދުނީއްސުރެ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅެއް." ޑރ. ހައިދަރަށް ތައުރީފުކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ޑރ. ހައިދަރަކީ އިތުބާރު ހިފޭ މަސައްކަތަށް ޤާބިލު ބޭފުޅެއް ކަމަށެވެ. އަދި "ގެދޮރުވެރިޔާ" ސްކީމްގެ ފްލެޓްތައް ރިވިއުކުރެއްވުމަށް ޚިޔާލުކުރެއްވުމަކީ ރަނގަޅު ވިސްނުންފުޅެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"ހައިދަރު އެވިދާޅުވަނީ ރަނގަޅަށް. މިކަން ހިނގާފައި އޮތް ގޮތް ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން ނަޝީދު ވަނީ ނިމިިދިޔަ ސަރުކާރަށް ފާޑުވިދާޅުވެފަވެއެވެ. އެމަނިކުފާނު ވަނީ ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ދޫކުރަން ކަނޑައެޅި ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ މަޢުލޫމާތު ނުވަތަ ޑާޓާ އެކުލެވިފައިވަނީ ގޯސްކޮށް ކަމަށް ވިދާޅުވެފައެވެ. އަދި ހަމައެއާއެކު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ދެވަނަ ދައުރެއް ހޯއްދެވުމަށް "މާލެ ފޮތިފޮތި" ކުރައްވާ، ގޯތިތައް ބެއްސެވީ ނާއިންސާފުން ކަމަށް ތުހުމަތުކުރެއްވިއެވެ.



އެހެންކަމުން، ފާއިތުވި ދައުރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި އަސްލަމް އަދި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަކްރަމް ކަމާލުއްދީން "ހިންގެވި ޖަރީމާ" ތަހުޤީޤުކޮށް ފިޔަވަޅު އެޅުއްވުމަށް ނަޝީދު ގޮވާލައްވާފައި ވެއެވެ. އަދި "އެ ޖަރީމާ" އާއި ގުޅޭގޮތުން ޝަކުވާ ހުށަނާޅާ، މާލޭގައި ދިރިއުޅޭ ރައްޔިތުން މަދުކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ޑރ. މުޢިއްޒު ވަނީ ކުރީގެ ސަރުކާރުން ދީފައިވާ ފްލެޓާއި ގޯތި އަތުނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް، އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ވަނީ "ބިންވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި ބިންތަކާއި ބެހޭގޮތުން ސުވާލު އުފައްދަވާފައެވެ. އަދި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުށައެޅި ފޯމުތައް އަލުން ރިވިއު ކުރައްވާނެ ކަމަށް ހައިދަރު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޕްރޭމްޗޯޕްރާ

21-Nov-2023

އަސްލަމް އާއި އަކުރަމް ބޯހިޔާވަހިކަމަށް ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަމެއް ނުދީ އިބޫގެ ސަރުކާރު ފެއިލްކޮއްލީ ހަމައެހެން ހިޔާފްލެޓާވެސް ކުޅެ އެވެސް ލަސްކުރީ އަސްލަމް އެވެސް އިބޫ ފެއިލްކޮށްލި އެންމެބޮޑު އެއްކަންތައް.


-3

ޒަވިޔަނި

21-Nov-2023

ސަރިއްޔަތަށް ފޮނުވަންވީ މިގައުމުހަލާކުކުރިމީހުން މިހާލުޖެއްސީ ނަސީދު.


-2

ހުވާދޫމީހާ

21-Nov-2023

ތި ހުރިހާ ފުލެޓްތަކާއި, މިގައުމު ގަންޖާބޯ އަށްދީފަ ޑިވެހި އެންމެހައި ރައްޔިތުންވީ ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވާން. ކިހާބޮޑުކަމެއްދެން ފަންޖާބޯއަކާހުރެ މާލޭގެ ރައްޔިތުންނަށް



ޓްރެންޑިން