ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ އިސް ބޭފުޅުންނާ ޓޫރިޒަމް މިނިސްޓަރ ފައިސަލް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތައް ތަމްސީކޮށްދޭ ޖަމުއިއްޔާތަކުގެ ބޭފުޅުން ބައިވެރިވިއެވެ. އޭގެތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކާއި ޓުއަރ އެޖެންޓުން ތަމްސީލުކުރާ ފަރާތްތައް ހިމެނެއެވެ.

މި ބައްދަލުވުމުގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން ދާއިރާގެ ކުރިއެރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ސަރުކާރުގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ މި ބައްދަލުވުމުގައި ދެއްވާފައެވެ.



ޓޫރިޒަމް މިނިސްޓަރ ފައިސަލް މިއަދު ވަނީ އެމްއެމްޕީއާރުސީގެ އިސް ބޭފުޅުންނާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ މަސައްކަތްތަކާއި ކުރިއަށްދާ ގޮތާއި ކުރިއަށް އޮތްތަނުގައި މަސައްކަތްތައް ބައްޓަންކުރާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ޓޫރިޒަމް މިނިސްޓަރ ފައިސަލް ވިދާޅުވެފައި ވަނީ ފަތުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްކޮށް، ފަތުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ގޮތަށް ޕްލޭންތައް އެކަށައެޅިފައިވާކަމަށެވެ. އަދި ނަތީޖާ ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކި ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދާނެ ކަމަށްވެސް މިނިސްޓަރ ވަނީ މީގެކުރިން ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން