ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް މުހައްމަދު ތަލާލު އައްޔަންކުރައްވައިފިއެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ޕީޕީއެމްގެ ސެކެރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނެވި ތޮލާލް އައްޔަން ކުރައްވާފައިވަނީ މިނިސްޓަރުންގެ ފެންވަރުގައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ އިސްލާމީ މަރްކަޒުގެ އިސް އިމާމުކަމަށް ދ. މީދޫ ފެހިގެ ފަޟީލަތުއްޝެއިޚް މުޙައްމަދު ލަޠީފް ޢައްޔަންކުރައްވާފައެވެ.

ޝެއިޚް މުޙައްމަދު ލަޠީފް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައެވެ.

ޝެއިޚް މުޙައްމަދު ލަޠީފު ކުރިން ވަނީ އިސްލާމީ މަރްކަޒުގެ އިމާމުގެ މަގާމު ފުރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން