ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެމްޕޭންގައި ދެއްކެވި ވާހަކަފުޅުތަކާއި އަމަލު މިހާރު ދިމާނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައީސް މުޢިއްޒު ކެމްޕޭންގައި ދެއްކެވި ވާހަކަފުޅުތަކާއި އެމަނިކުފާނު މިހާރު އަމަލު ކުރައްވާ ގޮތް އެއްގޮތަކަަށް ވެސް ދިމާނުވާ ކަމަށެވެ. އެގޮތުން މިސަރުކާރުން ގެންދަނީ މާލޭގެ ރައްޔިތުންގެ އަތުން ގޯއްޗާއި ފުލެޓް "ފޭރެމުން" އެތަށް ބަޔަކު ވަޒީފާތަކުން ވަކިކުރަމުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ގޯތިތަކާއި އެއްޗެހި ފޭރެނީ، ފުލެޓްތަކާއި އެއްޗެހި ފޭރެނީ، މީހުންގެ ވަޒީފާ ތަކާއި އެއްޗެހި ފޭރެނީ، މިގޮތަށް އަމަލު ކުރައްވަންތޯ އެ (މުޢިއްޒު) ވެރިކަމަށް ވަޑައިގެންނެވީ. ދެއްކެވި ވާހަކަފުޅާ އެއްގޮތަކަށް ވެސް ދިމާނުވާކަން އަޅުގަނޑުމެންނަށް މި ފާހަގަވަނީ." އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ކުރީގެ ސަރުކާރަށް ވުރެ މި ސަރުކާރުގެ ވަޒީރުންނާއި ސިޔާސީ މަގާމުތަައް ގިނަ ކަމަށެވެެ. ރޮޒެއިނާ ވިދާޅުވީ ރައީސް މުޢިއްޒު ހުވާކުރެއްވުމަށް އެކަނި 28 މިލިއަން ރުފިޔާ ހަރަދުކުރައްވާފައިވާ ކަމަށެވެެ. އަދި ރައީސް ރަސްމީކޮށް މުލީއާގެއަށް ބަދަލުވެވަޑައިގަތުމަަށް 19 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާކަމަށް ރޮޒެއިނާ ވިދާާޅުވިއެވެ.

ރޮޒޭ ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ފިޔަވައި އެހެން ވަޒީފާތަކުގެ ބޭފުޅުން ވަޒީފާތަކުން ވަކިނުކުރައްވާނެ ކަމަށް ޑރ. މުޢިއްޒު ކެމްޕޭންގައި ވިދާޅުވަމުން ގެންދެވި ކަމަށެވެ. އެހެން ނަމަވެސް މުޢިއްޒު ވެރިކަމަށް ވަޑައިގެން ރައީސް އޮފީހުގައި ތިއްބެވި ދުވަސްވީ ދާއިމީ ބޭފުޅުން ވަޒީފާތަކުން ވަކިކޮށްފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"އަަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެތައް ބަޔަކު ވަޒީފާ ގެއްލިގެންދިޔަ ތަން، ހާއްސަކޮށް ކިޔަވައިގެން ތިބި އެތައް އަންހެނުން ވަޒީފާ އިން ވަކިކުރެވިގެންދިޔަ ތަން، އެކަމަކު ވާހަކަ ދެއްކެވިއިރު ވިދާޅުވީ ތައުލީމީ މީހުންނަށް އިސްކަންދޭ ވާހަކަ ކިޔަވައިގެން ތިބި މީހުންނަށް ވަޒީފާތަކާއި އެއްޗެހި ދެއްވާނެ ވާހަކަ. އެކަންކަން އެޕްރިސިއޭޓް ކުރައްވާނެ ވާހަކަ، އެކަމަކު ރައީސް އޮފީހުގެ ތެރޭގައި އެތައް ޒަމާނެއް ވަންދެން ތިއްބެވި ދާއިމީ މުވައްޒަފުންގެ ގޮތުގައި އެތަައް ސަރުކާރެެއް އައިސް ދިޔައިރު ތިއްބެވި މުވައްޒަފުން ވަޒީފާއިން ވަކިކުރި މަންޒަރު އަަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ." ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސިޔާމް

22-Nov-2023

ރޮޒެއިނާ މެން ކަމުނުދިޔާމަ އަހަރެމެން މިަަރުކާރު ހޮވީ ސެން މި ހޮވިސަރުކާރު ވި ވަޢުދު ނުދުއްދުމަކީ އަހަރެމެންގެ މައްސަލައެއް ނޫން


-2

މަނިކު

22-Nov-2023

ރޮޒައިނާ އަކަށް އިގެންޖެހޭ ކަމެއް ނޫން ތީކީ. ރޮޒައިނާ އަކީ ތިކަމަަށް ކުފޫ ހަމަވާ މީހެއް ނޫން, އައްޑޫގާމެންޓް ފެކްޓްރީ ކޮބާތޯ ބެލިނަމަ މާ ރަގަޅެއް ނޫން


4

ފަތޭ

22-Nov-2023

މެމްބަރ ރޮޒޭނާ އަކީ ލާމަސީލު ކަނބަލެއް އަނގަޔެއް އޮވެ ދުލެއް އޮތީމަ ބޭނުން ވާހަކައެއް ދެއްކިދާނެ


-1

ޒާހިރު

22-Nov-2023

ރޮޒޭނާކަލޭތިއީހާދަހާނުބާނުލަފާމީހަކައްވެއްޖެރޮޒޭނާގެފަސްބާރަގަޅައްސާފުކޮއްބަލަތިބާގެ.އަހުލުބައެތުއްނައްފުލެޓުތަކާއިފިރިމީހާއަށްރިސޯޓުތަކާއިމިހެއްގޮސް(ޗޯރުއިބޫގެވެރިކައްނިއްމާލިއިރުލާގެއްހުރިހަރުވާޅުގެއަށްބޮޑިއާއިލާގެޢްހުއްނެވިހެދުމުގެފަސްބަޔާއެކީއޮތީ(ކޕރަޕުސަނުއްފޯވެފަ މިހާރުތިއަކިޔަނީތިމަރަތިމަރަ(ރޮޒޭނާތިއަހީފުޅުކަރަތްވަނީ(މުއިއްޒަކީތިކަ ހަލަތާކުއްތާކުނުޖެޙޭކަރަޕޮސަނުއް(ތައްތެޅިފަހުރިގސމާރެއްކަމައްތޯއޭ


-1

ޖާނޭ

22-Nov-2023

ރޮޒޭޮނާއާަށް ސާބަސް މިސަރުކާރުން ކުރާ ކަންތަށް ތަކަށް ރޮޒޭނާ ވަރަށް ރަނގަޅަށް ވެރލިވާތި އަދި އެކަންތަށްތަށް އާންމުންނާއި ހަމައަށް ވީހާވެސް އަވަހަށް ފޯރު ކޮށްދެއްވާތި ހަމަސާ ބަސް ރޮޒޭނާއަށް


5

ނިކަމެތި ރައްޔިތުމީހާ

22-Nov-2023

ރައިސް ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަ ފުޅަކީ ނިކަމެތިންނައް ހޯދާދޭނެ ކަމަށްބުނި ފުލަޓްގެ މިލްކުވެރިކަން އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިންނައް ދިނުމުގެ ރަސީދަކައް ހެދީމަ ދެން މުރަޖާ ކޮއްފަ ހައްގުވެރިންނަށް ދިނުމައްވުރެ ވަކި އިންސާފާއި ހަމަ ހަމަކަމަކީ ކޮބާ?


4

ޑޮނާޑު

22-Nov-2023

ތިރޮޒޭނާކައިރީގަ ބުނޭ ބަހާ އަމަލާ އަދި ދިމާނުވެގެން ރާބޮއެގެން އުޅޭ ރުޑިއެއް އުޅޭހެން އުޅޭކައް އަދި ނުޖެހެޔޭ މިވީ އަދި ފަސްދުވަހޭ. ހޭބަތްޔާ އަގަފިދު ރޮޒޭނާ



ޓްރެންޑިން