ރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއާ މަޝްވަރާކޮށްގެން ވިޔަފާރިއާ ގުޅޭޭ ދާއިރާގެ އެެއްބަސްވުމެއްގައި ސޮއިކުރަން ސައުދީ ސަރުކާރުން ނިންމައިފި އެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީ “ވާސް” އިން ބުނީ ރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއާ މަޝްވަރާކޮށްގެން ވިޔަފާރިއާ ގުޅޭޭ ދާއިރާގެ އެެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ވިޔަފާރީގެ މި އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ މަޝްވަރާތައް ދިވެހިރާއްޖޭގެ އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދަވާނީ ސަޢޫދީޢަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި މުހިންމު 15 ނިންމުމެއް ނިންމަވާފައިވާކަމަށްވެސް ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީއިން ބުންޏެވެެ.

ރައީސް މުއިއްޒު ވަނީ ސައުދީ އަރަބިއްޔާގެ ހާއްސަ މަންދޫބު، މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޕްލޭނިންގ، ފައިސަލް ބިން ފާދިލް އަލްއިބްރާހީމް އާއި ބައްދަލު ކުރައްވާފަ އެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން