ޕީޕީއެމް ހިންގަން އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ސްޓިއަރިން ކޮމިޓީއެއް ނަންގަވައިފިއެވެ.

ރައީސް ޔާމިން ނެންގެވި ސްޓިއަރިން ކޮމެޓީގެ ފަރާތުން ކަމަށް ބުނެ މިރޭ ވަނީ ޕީޕިއެމްގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެގޮތުން ސްޓިއަރިން ކޮމެޓީގެ ފަރާތުން ކަަމަށް ބުނެ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްކޮށް ތިއްބެވީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލާއި ކުރީގެ ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާއެވެ.

ކުރީގެ ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވިދާޅުވީ ޕީޕިއެމްގެ ތަރުޖަމާނު ހީނާ ވަލީދާއި ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެގޮތުން ދުވަހުން ދުވަހަށް ޕާޓީ ހިންގުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ސެކްރެޓަރީ ޖެނެރަލް ޔާމީނަށް އަންގަވާފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ޕީޕީއެމް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް ބޭފުޅަކީ ޔާމީން ކަމަށެވެ. އެގޮތުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ރައީސް ޔާމިން އެކުލަވާލެއްވި ކޮމިޓީގެ މެމްބަރުންގެ ތެރެއިން ބައެެއް ބޭފުޅުން ކަމަށް އައްބާސް ވިދާޅުވިއެވެ.

"ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނު އަބްދުލް ގައްޔޫމު މިވަނީ ވަގުތީ ގޮތުން ސްޓިއަރިން ކޮމިޓީއެއް އެކުލަވައިލައްވާފައި،" އައްބާސް ވިދާޅުވިއެެވެ.

ޕީޕީއެެމްގެ ތަރުޖަމާނު ހީނާ ވަލީދު މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށާއި ސެކްރެޓަރީ ޖެނެރަލް އުޒުރުވެރިވެވަޑައިގަންނަވާކަން އަންގާފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވެ ދެއްކެވި ވާހަކަތައް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު މިރޭ ވަނީ ދޮގުކުރައްވާފައެވެެ. އަދި ހީނާވެސް ވަނީ އެކަމަނާ އާއި ބެހޭގޮތުން ދެއްކެވި ވާހަކަތައް ދޮގުކުރައްވާ ފައެވެ.

ޔާމީން އެކުލަވާލެއްވި ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އިދާރީ ގޮތުން އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

ޕީޕިއެމްގެ އަސާސީ ގަވައިދުގައިވާ ބުނާގޮތުން ޕާޓީ އިދާރީ ގޮތުން ހިންގުމުގެ ޒިންމާ އަދާކުރައްވަން ޖެހިވަޑައިގަންނަވާނީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލަށެވެ. އެހެންނަމަވެސް ޕާޓީ ހިންގަން ވަކިން ކޮމިޓީއެއް އެކުލަވާލީ ސެކްރެޓަރީ ޖެނެރަލް އަދި ޕާޓީގެ ސެނެޓަށް ވެސް އެންގުމެއް ނެތި ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ޔާމިން އެކުލަވާލެއްވި ކޮމެޓީގައި ޕީޕީއެމް ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ހިމެނިވަޑައެެއް ނުގަންނަވައެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން މިވަގުތު ތިއްބެވީ ރައީސް މުޢިއްޒުގެ ސަރުކާރުގެ މަގާމުތަކުގައެެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަލިކޮއި

22-Nov-2023

އެހެންވީމާ މިދޮގު ހަދަނީ ތޮލާލެއްކަމެއް, ހީނާއެއްކަމެއް, އައބާހެއް ކަމެއް, ޔާމީނެއް ކަމެއް ނޭގުނެވެ. ގައިމުވެސް ތިޔަ މަލީހު އަކީ ބޭބެ ޖަމީލުހެން ދޮގުހަދަން ނުވެސް ދަންނަ ދެބެއިންނެވެ,



ޓްރެންޑިން