ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް، ޕީސީބީއަށް ތިން މެންބަރުން ޢައްޔަނު ކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ އެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޢައްޔަނު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން، ދަފްތަރު. ނަންބަރު ރސ 4652. އަޙްމަދު މުޝްތާޤު، އަދި ބޭންކިންގގެ ދާއިރާއިން، ވ. ބްލޫއޯޝަން، ލީނާ ޢަބްދުލްޖަލީލް އެވެ.

މީގެއިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން، ރަންކޮކާގެ، ށ.ކޮމަންޑޫ، އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް ވެސް ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އައްޔަނުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން