އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރާ ޕެޓިޝަން ފާސްކޮށްފިއެވެ.

މި ޕެޓިޝަނަކީ 'ރައިޓް މޫވްމަންޓު'ގެ ފަރާތުން މަޖިލީހަށް އިއްޔެ ހުށަހެޅި ޕެޓިޝަނެކެވެ. މި ޕެޓިޝަންގައި 1،000 މީހުންގެ ސޮެއި ހިމެނެއެވެ.

މިއަދު މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވިގޮތުގައި ރާއްޖެއަކީ އެއްވެސް ޤައުމަކާއި ދެކޮޅު ޤައުމެއް ނޫނެވެ. އެކަމަކު، އެހެން ޤައުމެއްގައި އިންސާނިއްތާއި ދެކޮޅު އަމަލުތައް ހިންގަމުންދާ ކަމަށްވާނަމަ ރާއްޖެއަކީ އެކަމަށް ތަރުހީބު ދޭނެ ބައެެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ހެންވޭރު ހުނޅަގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ފަލަސްތީނުގައި ހިނގަނީ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ގަތުލުޢާންމެއް ކަމަށެވެ. އަދި ގަތުލުޢާންމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫން ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކެޔޮދޫ ދާއިރާގެ މެންބަރު ހަސަން ގާސިމް ވަނީ، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރު ބަލައިގަނެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ ގަރާރު ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ހާމަކުރައްވައިފައެވެ.

ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވީ އެހެން މުއައްސަސާއަކަށް ނުގޮސް ކޮމިޓީއަށް މިކަމުގައި ގޮތް ނިންމޭނެ ކަމަށެވެ.

މި ޕެޓިޝަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން