މާލެ ސިޓީ ކައުންސިލްގެ ޢާންމު ޖަލްސާތައް ހުއްޓިފައި އޮތުމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑިމޮކްރެޓްސްގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ވާދަކުރައްވާ ސައިފް ވިދާޅުވީ ކޯރަމް ހަމަނުވެގެން ސިޓީ ކައުންސިލުން އާންމު ރަސްމީ ޖަލްސާ މިހާރު ޖައްސަޖައްސައިގެން ދެ ހަފުތާގެ މަތިން ކެންސަލްކޮށްފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ އާންމު ރަސްމީ ޖަލްސާ ބާއްވަނީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހުއެވެ.

"މިތަނުގެ މަސައްކަތް ހިންގޭނެ ގޮތަކަށް، ވެރިކަންކުރާ ކޯލިޝަނުން ކައުންސިލަރުންގެ މައްޗަށް ބާރު އެޅުއްވުން ކޮންމެހެން ބޭނުންތެރި." ސައިފް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ކައުންސިލުގެ މަސައްކަތްތައް ފުނިޖެހިފައިވާ ކަމަށް ވެސް ސައިފް ވިދާޅުވިއެވެ.

ސައިފް ވަނީ މިއަދު ބާއްވަން ތަވާލުކުރި އާންމު ޖަލްސާގެ އެޖެންޑާގެ ފޮޓޯއެއްވެސް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ. އެގޮތުން ކައުންސިލާ ގުޅޭ ފަސް މައްސަލައެއްގައި މަޝްވަރާކުރަން މިއަދުގެ އެޖެންޑާގައި ތާވަލުކޮށްފައި ވެއެވެ.

އައު ސަރުކާރުން ތިން ކައުންސިލަރުން މަޤާމްތަކަށް ޢައްޔަންކުރުމުން މާލެ ސިޓީ ކައުންސިލުގެ 3 ގޮނޑިއެެއް މިވަގުތު ހުރީ ހުސްކޮށެވެ. އެއީ ކައުންސިލަރު އާދަމް ރަމީޒާއި އަބްދުﷲ ނަސީރު އަދި ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ގޮނޑިއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޥާނުވާ

24-Nov-2023

ތިއުޅެނީ ތިތަނަށް ނާދެވިގެން ކަން އެންމެނަން އެގޭ އަންނިގެ ބައިގަޑުގެ ވަގެއް މާލޭ މޭޔަރުކަމަށް ނުހޮވާނަން ވަރަށް ސަލާމް ތިތބީ ކަތިވަޅި ގެެއްލި މަރިޔަބު ގެއްލި މަގުމަތިވެފަ ދެންތިބޭ މަގުމަތީގަ ވާނުވާގަ ތީ މިގައުމަށް ބޭނުން ބައިގަޑެއް ނޫން އަލަމްގިރި ގުރޫޕް


-1

ަވަމަންވާލާ

24-Nov-2023

ޢަވަހަށް ތެޅިގަނޭ



ޓްރެންޑިން