ވަޒީފާގެ ބިރަށް ތިބި ފިނޑިންގެ ކުރިމަތީގައި ބޯ ތިރިނުކުރައްވާނެ ކަމަށް، ޕާޓީ ބަދުނާމުވާ ފަދަ އަމަލުތަކެއް ކުރއްވި ކަމުގެ ތުހުމަތުގައި މިއަދު ސަސްޕެންޑް ކުރި މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ކެބިނެޓްގައި އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމް ފުރުއްވި މަލީހް ވިދާޅުވީ ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާޢުގައި ކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.



"ޔާމީންއާއި ޕީޕީއެމްގެ ދިފާޢުގައި މިކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ. ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރާ ފިނޑިންކުރިމަތީ ބޯތިރި ނުކުރާނަން. މިއީ އަދި ވަކަރަށް ޖަހާލުމެއް." މަލީހާނެދު އެޅި ފިޔަވަޅާއިމެދު ނުރުހުން ފާޅުކުރައްވަމުން މަލީހު ވިދާޅުވިއެވެ.

ރޭ މަލީހު އިސްވެހުންނަވައިގެން ޕީޕީއެމުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އޭނާ ވަނީ ހީނާ ވަލީދު ޕީޕީއެމްގެ ތަރުޖަމާނުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. ހީނާ ވަނީ އެކަން ދޮގުކުރައްވާފައެވެ.

ޕީޕީއެމްގެ ލީޑާޝިޕަށާއި ސެނެޓަށް އެނގުމަކާ ނުލައި ކޮމިޓީއެއް ނަންގަވައިގެން ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވި މައްސަލާގައި ޕީޕީއެމުން ވަނީ އެ ޕާޓީގެ ހަރަކާތްތަކުން މަލީހު ސަސްޕެންޑްކޮށްފައެވެ.

މަލީހު ސަސްޕެންޑުކުރަން ނިންމަވައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ސެނެޓަރެއްގެ މަޤާމުގައި ހުންނަވައި ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް މަލީހު އިސްވެ ހުންނަވައިގެން ކުރައްވާކަން ޕާޓީގެ ލީޑާޝިޕުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން ޕާޓީގެ ލީޑާޝިޕާއި އެޕާޓީގެ ސެނެޓަށް އެނގުމެއް ނެތި، އަމިއްލައަށް ކޮމިޓީތައް އުފައްދަވައި، ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ނުވަތަ ޕާޓީގެ ސެނެޓާ މަޝްވަރާނުކުރައްވައި، ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި، ޕާޓީގެ އަސާސްތަކާ ޚިލާފަށް މަސައްކަތްތަކެއް މަލީހު ކުރެއްވިކަމަށް އެ ސިޓީގައި ވެއެވެ.

ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 8 ވަނަ މާއްދާއިން ޕާޓީގެ ލީޑާޝިޕަށް ލިބިފައިވާ ބާރުތަކުގެ ދަށުން މަލީހު ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑު ކޮށްފައިވާކަމަށް ސިޓީގައި އަންގާފައިވެއެވެ.

ޕާޓީގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް މަލީހު ސަސްޕެންޑުކުރުމާއެކު، އޭނާގެ މައްސަލަ ބެލުމަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމުގައިވެސް ސިޓީގައި ބުނެފައިވެއެވެ.

"އަދި މިވަގުތުން ފެށިގެން ޕާޓީގެ ސުލޫކީ ކޮމިޓީން ގޮތެއް ނިންމަންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި މަނިކުފާނު އެއްވެސް ގޮތަކަށް ބައިވެރިވެގެން ނުވާނެކަންވެސް އެންގީމެވެ." ސިޓީގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޥާނުވާ

23-Nov-2023

ގައްސާނަކީ ތިކަހަލަ ބޭފުޅެއްނޫން



ޓްރެންޑިން