އާ ސަރުުކާރުން މުޅިން އަލަށް އުފެއްދި މިނިސްޓްރީތަކުގެ ބަޖެޓު އަންނަ ހޯމަ ދުވަހު ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އަންގައިފިއެވެެ.

އެކަން މަޖިލީހުގެ އިދާރާ އިން ހާމަކުރީ މިއަދު މަޖިލިސް ރިޔާސަތުގައި އިންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތު ބެލެހެއްޓެވި އަބުދުލްޣަފޫރު މޫސާ ވިދާޅުވީ އާ މިނިސްޓްރީތަކުގެ ބަޖެޓު ހިމަނައިގެން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މައުލޫމާތު ހޯމަ ދުވަހުގެ ނިޔަލަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ރަައީސް މުޢިއްޒުގެ ސަރުކާރުގައި 22 މިނިސްޓްރީ އެއް ވަނީ އުފައްދަވާފައެވެ. އޭގެ ތެރޭގައި މުޅިން އާ މިނިސްޓްރީތައް ވެސް ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީން ބަޖެޓަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާއާއެކު މި އަހަރު ދައުލަތުގެ ބަޖެޓް 49.4 ބިލިއަން ރުފިޔާ އަށް އަރައެވެ. އާ ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށާއި ސަރުކާރުގެ ވައުދު ފުއްދުމަށް 1.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް މިހާރު ވަނީ ފަށާފައެވެެ. އެގޮތުން ޖުމުލަ 16 މެމްބަރަކު މިއަދު ބަޖެޓު ބަހުސްގައި ވާހަކަދައްކަވާފައިވާއިރު މާދަމާ ވެސް ބަޖެޓް ބަހުސް ކުރިއަށް ގެންދިޔުމަށް ޖަލްސާ އެއް ބާއްވާނެ ކަން މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އިއުލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން