ސްޕޯޓްސް ކޮމިޝަނަރުގެ މަޤާމާއި ހަވާލުވީ ޕީޕީއެމުން ވަކިވުމަށްފަހުކަމަށް އެ މަޤާމަށް އައްޔަންކުރެއްވި މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ތޮލާލް މިހެން ވިދާޅުވެފައި މިވަނީ ސްޕޯޓްސް ކޮމިޝަނަރުގެ މަޤާމުގައި ހުންނަވައިގެން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާނުކުރެވޭނެކަމަށް ޤާނޫނުގައި އޮންނަ އޮތުމަށް އިޝާރަތްކުރައްވައެވެ.
ކުޅިވަރާއިބެހޭ ގާނޫނުގައިވެސް އޮންނަ ގޮތުން ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ ހާވާލުވާ މީހަކު ޕާޓީއެއްގެ ހިންގުމުގެ މަގާމެއްގައި އަދި ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ވެސް ނުހުރެވޭނެއެވެ.
ތޮލާލް ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ ހަވާލުވުމަށްޓަކައި އިއްޔެ ހަވީރު ޕީޕީއެމުން ވަކިވެވަޑައިގެންފައިވާ ކަމަށެވެ.
ތޮލާލް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން އިސްތިއުފާދެއްވި ނަމަވެސް އެ މަޤާމަށް އެހެން ބޭފުޅަކު އައްޔަންކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު