އަހުމަދު މަސްނޫމް   22 ނޮވެމްބަރު 2023 - 23:0
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އިންތިހާބުކޮށްފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބޭއްވި އިންތިހާބުގައި މުހައްމަދު ރަޝީދަށް ލިބިވަޑައިގަތީ 28 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ލިބިވަޑައިގަތީ 20 ވޯޓެވެ. އިންތިހާބުގައި ދެން ވާދަކުރި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ލިބިވަޑައިގަތީ ހަތަރު މެންބަރުންގެ ވޯޓެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ 18ގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ މަގާމަށް އައްޔަންކުރި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، އެ މަޤާމުން އިސްތިއުފާ ދެއްވީ މަޖިލީހުގެ ރައީސްގެ މަޤާމަށް އޭނާ އައްޔަންކުރުމުންނެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ ދައުރަކީ ދެ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތެކެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް އަސްލަމް އިންތިހާބުކުރީ ފެބްރުއަރީ 18، 2022 ގައެވެ.

އޭގެ ފަހުން އޭނާ ވަނީ ޕާލިމެންޓަރީ ގްރޫޕް ހިންގެވުމުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ. ރިޔާސީ ކެންޑިޑޭޓު އެމްޑީޕީގެ ކެންޑިޑޭޓޫ އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ވެސް ހަމަޖެއްސެވީ އޭނާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން