ޖުމްހޫރީ ޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ހުޅުވާލާފައިވަނީ އެ ޕާޓީގެ ކައުންސިލްގެ 13 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޕާޓީން ވަކިވުމުންނެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ހުސްވެފައިވާ މަގާމުތަކަކީ، ޑެޕިއުޓީ ލީޑަރ، އަންހެނުންގެ ލީގުގެ ރައީސް، ޒުވާނުންގެ ލީގުގެ ރައީސް، ޕާޓީގެ ގައުމީ ކޮންފަރެންސުން އިންތިޚާބުކުރާ 25 މެމްބަރުންގެ ތެރެއިން ހުސްވެފައިވާ 8 މަގާމު، ގައުމީ ކޮންފަރެންސުން އިންތިޚާބުކުރާ 25 މެމްބަރުންގެ ތެރެއިން ހުސްވެފައިވާ މަގާމު، 155 ވަނަ ކައުންސިލް ބައްދަލުވުމުގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެމްބަރުންގެ މަގާމު، ކޮމިޓީ އޮފް އެޑިއުކޭޝަންގެ ޗެއަރ، ކޮމިޓީ އޮފް ހެލްތުގެ ޗެއަރ، ކޮމިޓީ އޮފް ޑިފެންސްގެ ޗެއަރ، ކެމްޕެއިން އެންޑް އިލެކްޝަންސް ކޮމިޓީގެ ޗެއަރ، ކޮމިޓީ އޮފް ސޯޝަލްމީޑިއާގެ ޗެއަރ، އަދި ކޮމިޓީ ފޯރ ޑަޔަސްޕޯރާ - އިންޑިއާގެ ޗެއަރގެ މަގާމެވެ.

ޖޭޕީން ބުނީ މަގާމުތަކަށް ޝައުގުވެރިވާ ބޭފުޅުން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި މަގާމުތަކަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ފުރުމަށްފަހު، އެ ފޯމާއެކު އެ މީހެއްގެ ވަނަވަރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ކޮޕީ، ޕާސްޕޯޓް ސައިޒުގެ ފޮޓޯގެ ސޮފްޓް ކޮޕީއާއެކެ އެ ޕާޓީގެ އިދާރާ ކުނޫޒަށް ސިޓީއަކުން ނުވަތަ އީމެއިލް ([email protected]) އަށް މެއިލް ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން