މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް ކުރިއަތް އޮތް ޖަނަވަރީ މަހުގައި ހުޅުމާލޭގައި އަޅަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިސްކިތް ފަންޑު ތަރައްގީކޮށް، ވަޤުފު އިމާރަތްތައް އިތުރުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ‎ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާއި އެއްގޮތަށް މިސްކިތް ފަންޑު ތަރައްގީކޮށް، ވަޤުފު އިމާރަތްތައް އިތުރުކޮށް، މިސްކިތު ފަންޑު ފުޅާ ކުރުމަށް ކަނޑައަޅުއްވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިހާރު ޤާއިމު ކުރެވިފައިވާ ވަޤުފު ފަންޑު ބިލްޑިންގ (ދާރުލްއީމާން) އިން އަހަރު 6 މިލިއަންހާ ރުފިޔާ ފަންޑަށް ވަންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މިފައިސާ ޚަރަދުކުރާނީ މިސްކިތްތައް މަރާމާތުކުރުމާއި އެތަންތަނުގެ ޙާލަތު ރަނގަޅުކުރުމަށް ކަމުގައި ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ވަގުފް އިމާރާތުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެެ. އޭރު ޝަހީމް ހުންނެވީ އިސްލާމިކް މިނިސްޓަރުގެ މަޤާމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން