ކިޔަވައިދޭ ވަގުތު ނުގެއްލޭ ގޮތަށް އިތުރު ހަރަކާތްތައް ހިންގަން ސްކޫލުތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް އަންގާފައިވަނީ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައެވެ. ކިޔެވުމާއި ކިޔަވައިދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ގައުމީ މަންހަޖުގައި އެ ދުވަހެއްގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަކޮށް ކިޔަވައިދިނުމަށް ކަމަށް މި ސާކިއުލާގައި ބުނެފައި ވެއެވެ.

ސްކޫލުގެ ރަސްމީ ދަންފަޅީގެ ތެރެއަށް ވަންނަ ގޮތަށް ބައެއް ހަރަކާތްތައް ބާއްވާ ކަމަށާއި އޭގެ ސަބަބުން މުގައްރަރުގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތާ އެއްގޮތަށް ކިޔަވައިނުދެވޭ ކަމަށް ސާކިއުލާގައި ފާހަގަކޮށްފައި ވެއެވެ.

މިފަދަ ކަންކަމުގެ ސަބަބުން ގާބިލިއްޔަތުތަކާއި އަގުތަކާއި ސިފަތައް އުނގަންނައިދިނުން ތަރުތީބުވެގެން ނުދިއުމާއި މުގައްރަރު ފުރިހަމަކުރުމަށާއި މަގުސަދު ހާސިލްކޮށްދިނުމަށް ޓާމުގެ ފަހުކޮޅު އިތުރު ގަޑިތަކަށް ދަރިވަރުން ސްކޫލަށް ގެންދަން ޖެހުމާއި އެއްފަހަރާ ފިލާވަޅުތައް ދޭންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރިއެވެ.

"މިއީ، އުނގެނުމާއި އުނގަންނައދިނުން ކުރިއަށް ގެންދިއުން އެކަށީގެންވާ ގޮތަކަށްނުވާހިނދު، މިކަމުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް ވެސް ދަތިތަކާ ކުރިމަތިވެ، ގައުމީ މަންހަޖުގައި ބަޔާންކުރާ މަގުސަދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރުމަށް ހުރަސްއެޅެއެވެ. ވީމާ، ސްކޫލުގައި ބާއްވާ ހަަރަކާތްތަކާ ގުޅިގެން، ދަރިވަރުންގެ ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ހަރަކާތްތައް ތަރުތީބުކުރުމަށް ދަންނަވަމެވެ." އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

މިކަމުގެ ސަބަބުން ދަރިވަރުންގެ އިތުރަށް ޓީޗަރުންނާއި ބެލެނިވެރިންނަށްވެސް ދަތިތަކެއް މެދުވެރިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން