ހުޅުމާލޭގައި ކާރަކާއި ތިން ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން އިން ޑްރައިވަރ ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ހޯމަ ދުވަހު ހިނގި މި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށާއި މި މީހާގެ ބަންދަށް ހުޅުމާލެ ކޯޓުން 7 ދުވަސް ޖަހާފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވި ދެ މީހުންގެ ތެރެއިން، އެކަކަށް އައިސީޔޫގައި އަދި އަނެއް މީހާއަށް އެޗްޑީޔޫގައި ފަރުވާ ދެމުންދާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން