ރައީސް ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ދައުލަތުގެ ޚަރަދުގައި އަންނަ އަހަރު މީހުން ހައްޖަށް ފޮނުވަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އެހީގައި 1000 މީހުން ހައްޖަށް ފޮނުވުމަކީ ކެމްޕޭން ތެރޭގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަންނަ އަހަރު ދައުލަތުގެ އެހީގައި ހައްޖަށް ފޮނުވާ ފުރަތަމަ ބެޗު ފޮނުވާނެ ކަމަށެވެ.



އަދި ކޯޓާގެ ރަސްމީ އަދަދު ހަމަޖެހުމުން ފޮނުވާނެ އަދަދެއް އިއުލާނު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެެ. އޭގެ އިތުރުން މީހުންނަށް އެ ފުރުސަތު ދޭނެ އުސޫލު ހަދަމުން އަންނަ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ކާސިންކަލޭގެ

24-Nov-2023

ފުރަތަ މިހާރުފައިސާދައްކާފައިވާ މިހުން ހައްޖަށްފޮނުވާ ހެދުން ރަނގަޅުކަމަށްފެނޭ އެއީ އެވަރަށް ކޯޓާ ނުލިބޭތީ ލާރި ދައްކާފަ އެތަށް އަހަރެއްވެ ނުދެވިފައި މީހުން އެބަތިބި



ޓްރެންޑިން