އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ އއ. އުކުޅަހުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުން މިހާރު ވަނީ އުކުޅަހަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި ރައީސް ސާލިޙުގެ ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ވެސް ހިމެނެ އެވެ.

މީޑިޔާ އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު ވިދާޅުވީ މި ޖަލްސާ އަކީ އެމްޑީޕީގެ ކުރިއަށް އޮތް ހަރަކާތްތައް ރޭވުމަށް ބާއްވާ ޖަަލްސާއެއް ކަމަށެވެ.

މިއީ ރިޔާސީ އިންތިހާބުން ބަލިވި ފަހުން އެމްޑީޕީން ބާއްވާ ދެވަނަ ގައުމީ ޖަލްސާއެެެވެ. އެގޮތުން މިދިޔަ އޮކްޓޯބަރ 03 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ބަދަލުކުރުމަށް އެ ޕާޓީގެ ކުރީގެ ރައީސްގެ އާ ޕާޓީ، ދަ ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން