މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް މާލޭގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަށް މާލޭގައި ބޭއްވުމަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ފާހަގަކުރާ 43 ވަނަ މަސްވެރިންގެ ދުވަހާއި ގުޅުވައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ރާވަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިއަހަރު މަސްވެރިންގެ ދުވަހު ދޭން ހަމަޖެހިފައިވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ. އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހުގެ މެނދުރު 12 ޖެހުމާއި ހަމައަށް ކަނަށް އެ މިނިސްޓްރީ އިން ބުންޏެެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން