ފުން ތަންތަނުގައި ތަނބު ޖެހުމަކީ ފަސޭހަކަމެއް ނޫންކަމަށާއި ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސް ކުންފުންޏަށްވެސް ދިމާވީ އެ މައްސަލަކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މުއްޠަލިބު މިހެން ވިދާޅުވީ ތިލަމާލެ ބްރިޖާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރ ވިދާޅުވީ ބްރިޖުގެ އެގްރިމަންޓްތަކަށް ބަލާއިރު، ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު ސަރުކާރާއި ހަވާލުކުރުމަށް އޮތީ 30 ސެޕްޓެންބަރު 2026 ވަނަ އަހަރުކަމަށެވެ. އެހެންކަމުން މަސައްކަތް އަވަސްކުރުމަށް ކޮންޓްރެކްޓަރާއި ވާހަކަދައްކަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބްރިޖުގެ މަސައްކަތަށް ހަރަދުވާނީ 500 މިލިއަން ޑޮލަރުކަމަށާއި ބްރިޖުގެ މަސައްކަތް ނިންމާ މުއްދަތަށް ބަދަލު އަޔަސް ޕްރޮޖެކްޓްގެ އަގަށް ބަދަލު ނާންނާނެ ކަމަށެވެ.
ބްރިޖުގެ މަސައްކަތް ލަސްވި ސަބަބަށް އަލިއަޅުއްވާލައްވަމުން މިނިސްްޓަރ ވިދާޅުވީ އެކަން އެހެން ދިމާވީ ފުން ތަންތަނަށް ތަނބު ޖަހަން ޖެހުމުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ބްރިޖުގެ ކޮލިޓީއާމެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދިނަމަވަސް އެފަދަ ކަންބޮޑުވުމެއް ސަރުކާރުގެ ނެތްކަމަށެވެ. އަދި ސަރުކާރުން ކޮންޓްރެކްޓަރެއް ނަގައިގެން ބްރިޖުގެ ކޮލިޓީގެ ޔަގީންކަން ބައްލަވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓެއްގެ ދަށުން ރައީސް ސާލިހުގެ ސަރުކާރުން ފެށި މަޝްރޫއެކެވެ. މި ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުންވެސް ވަނީ އެހީ ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު