މިސަރުކާރުން އޯލެވެލްއާއި އޭލެވެލްގެ "ޓޮޕް ޓެން" ހޮވުން ހުއްޓާލުމުގެ ވިސްނުން ގެންގުޅޭތީ އެކަމަށް ތާއީދު ކުރަށްވައި، ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާގައި ހަރަކާތްޔެރިވެ ވަޑައިގަންނަވާ އިބްރާހީމް އިސްމާއީލް، އިބުރާ ވާހަކަ ދައްކަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި މަންދު ކޮލެޖުގެ ޗެއަރމަން، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ އޯލެވެލް އާ އޭލެވެލްގެ "ޓޮޕް ޓެން" ހޮވުމަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ އެންމެބޮޑު އެއް ހަލާކުކަމަށާއި، އެހެންކަމުން މިކަން ކުރުން ހުއްޓާލުމުގެ ވިސްނުމެއް މިސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީއަށް އައީތީ އުފާކުރައްވާކަމަށެވެ.

އަދި އޯލެވެލްއާއި އޭލެވެލްގެ "ޓޮޕް ޓެން" ހޮވުން ހުއްޓާލައި، އޭގެ ބަދަލުގައި، ވަކި އޮޅިއެއް ގިރާކުރާ ކޮންމެ ކުއްޖަކަށްވެސް އިނާމު ލިބޭނޭ އުސޫލެއް ތަޢާރަފްކުރުމުން، ގިނަ ދަރިވަރުން މަތީ ހަރުފަތްތަކަށް އަރަން މަސައްކަތްކުރާނެކަމަށް އިބްރާ ވިދާޅުވިއެވެ.

"މިންގަނޑު ކަނޑައެޅުމުގައި ގިނަ ދާއިރާތަކުން ޙާސިލްކުރުމަށް ބާރުއެޅުން މުހިންމެވެ. ވަށާޖެހޭ ތަޢުލީމެއް ކުރިއެރުވޭނީ އޭރުންނެވެ. ރޭންކް ކުރަންވީ ކުދިންނެއް ނޫނެވެ. ސްކޫލްތަކެވެ. ސްކޫލެއްގައި އުޅޭ ގިނަކުދިން މަތީ ހަރުފަތަށް ދަތުރުކުރާވަރަކަށް ރޭންކް މައްޗަށް ދެވޭނޭ ގޮތަށެވެ." ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައިވާ ޕޯސްޓެއްގައި އިބްރާ ވިދާޅުވެފައިވެއެވެ.

އިބްރާ ވިދާޅުވީ ތަޢުލީމީ ނިޒާމުގައި މުހިންމީ ގިނަ ކުދިން ގިނަ މާއްދާއިން ފާސްވުމާއި، ތަފާތު ހުނަރުތައް ކުދީންނަށް ދަސްވުންކަމަށެވެ.



އޯލެވެލްއާއި އޭލެވެލްގެ "ޓޮޕް ޓެން" ހޮވުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ވިދާޅުވެ އަދި އެކަން މިސަރުކާރުން ހުއްޓާލާނެ ކަމުގެ އިޝާރާތެއް ކުރެއްވީ އާސަރުކާގެ ތަޢުލީމާބެހޭ ވަޒީރު މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން