2013 ވަނަ އަހަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ފެއްޓެވި ސިޔާސީ ދަތުރު ހަރާބުކުރި ފަރާތްތައް މިއަދު ފަޟީޙަތްވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިނާއި ރައީސް މުއިއްޒުއާ ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމަށްބުނާ މި ދަނޑިވަޅުގައި ޖަމީލު މިހެން ވިދާޅުވީ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ހަޔާތުގެ ފިލާވަޅުގެ ނަމުގައި ލިޔުއްވި މިޕޯސްޓްގައި ޖަމީލު ވިދާޅުވީ އިންސާނާގެ ޙަޔާތަކީ ފޮތެއް ފަދަ އެއްޗެއް ކަމަށާއި ކިޔަމުންދާއިރު ބައެއް ބައި ހިތާމަވެރި އަނެއްބައި އުފާވެރި އަދި ބައެއް ބައިތަކުން އުފާވެރި އިޙްސާސްތައް ގެނެސްދޭކަމަށެވެ. އެކަމަކު ފޮތުގެ ދެން އޮތް ޞަފުޙާ ނުކިޔާހާ ހިނދަކު ދެން އޮތީ ކޮންފަދަ ވާހަކައެއް ކަން ނޭގޭނެކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ރައީސް ޔާމީނަކީ ވަރުގަދަ ޝަޚުސިއްޔަތެއް ކަމަށާއި މިދަތުރު 2013 ގައި ފެށުމުން ޚަރާބުކުރި ފަރާތްތައް މިއަދު ވަނީ ފަޟީޙަތްވެފައިވާ ކަމަށެވެ.

"އަދި ކުރިއަށްވެސް ލައްކަ ޙަގީގަތެއް ހާމަވާނެ." ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ އޭނާ އަބަދުވެސް ބެލީ ޙަގީގީ ރަޙްމަތްތެރިއަކަށްވެވޭތޯ ކަމަށާއި އެކަން އެނގޭނީ ބޭނުމެއް ޖެހޭވަގުތުކަމަށެވެ.

"މިއަދު ބައިވަރު ލަގަބުތަކެއް ބޭނުމެއް ނޫން. އަޅުގަނޑު ދަންނަ ބަޔަކަށް، އަޅުގަނޑުގެ ކިބައިގައި ހިތްވަރާއި ސާބިތުކަމާއި، ޝުކުރުވެރިވުމާ ޙަގީގީ ވަފާތެރިކަން އޮންނާނެކަން އެނގޭނެެ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލުގެ ފޭސްބުކްގައި އަސަރުގަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ޕީޕީއެމް ޕީއެންސީގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެކަންކަމުގެ މާބޮޑު ތަފްސީލްތަކެއް މިހާތަނަށް ފެންމަތިވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ވިސްނާލައްވާ

24-Nov-2023

ވެރިކަމަށް އައީ ޑރ.މުޢިއްޒު. ވެރިކަމުގެ ޤާނޫނީ ހުރިހާ ޒިންމާއެއް އޮތީ ޑރ.މުޢިއްޒުގެ ކޮޑުފުޅުގަ. ދެން ޔާމީން ވެސް އިޙްތިރާމް ކުރައްވައިގެން މަޑުކޮށްލަބަލަ. މިހާރު ސުވާލަކީ ޔާމީނު ޑރ. މުޢިއްޒުއަށް ތާޢީދުކުރީ،ވެރިކަމަށް އައީމަ "ގޮނޑިކޮއްކޮ" އެއްގެ ގޮތަށް ގެންގުޅެން ހިތުލައްވައިގެންތޯ؟ ޔާމީން ކެއްތެރިވެ ވަޑައިގަންނަވާ! ޑރ. މުޢިއްޒުއަށްވެސް ވެރިކަންކުރިޔަދެެއްވާ! އެއްވެސް މީހަކަށް ވެރިކަމުގައި ބަގުޑި ބައްދައިގެން ނުވާނެ މޮޅެއް. ރައްޔިތުން މިހާރު އެއަށްވުރެ ހޭލުންތެރި. ސަރުކާރާއި ހަވާލުވެ އަދި މިއުޅެނީ ހަފުތާ އެއްވެސް ނުވެ. ޤައުމާއި ރައްޔިތުން ނާއި މެދު ވިސްނަވާ! ރައްޔިތުންގެ ލޯބި މަނިކުފާނަށް އޮތީ ޤައުމަށް ކުރެއްވި ޚިދުމަތަށް،މިހާރު ޤައުމުގެ ރައީސަކަށް ހުންނެވި ޑރ. މުޢިއްޒުއަށްވެސް އެ ފުރުޞަތު ލިބެން ވާނެ. ކެއްތެރިވެ ވަޑައިގަންނަވާ، މަނިކުފާނުގެ ތަޖުރިބާގެ ސިފަ ދައްކުވައިދެއްވާ! ވަރަށް އިޙްތިރާމާއި ސަލާމް.


-3

ހުސޭނުބެ

24-Nov-2023

ދެރައީ 10 އަނގަ އާއި 4 މޫނުގެ ވެރިން ދައްކާ ވާހަކަވެސް ނޫސްތަކުގެ ސުރުޚީއަށް ހަދާތީއެވެ. އެތިބީ ދިމާކުރި ހުރިހާ ކަމަކުން ފެއިލްވެފައި ތިބި ޣައްދާރުންނެވެ.


0

އުދާސް

24-Nov-2023

ޚަރާބު ކުރި އެންމެ ބޮޑު މީހަކީ ޖަމީލު.


1

علي وحيد

24-Nov-2023

خيالي ފޮލާ ޑޮކްޓަރ މުޙައްމަދު ޖަމީލު ވިދާޅުވިޔަސް ރަނގަޅު ދިރިއުޅުމަކީ ފޮތެއްފަދަ އެއްޗެއް އަޅުގަނޑުމެންވެސް 1968&1974ދެމެދު މަދަރުސާގައި ކިޔަވަން އުޅުނު ދުވަސްވަރު ޑައިރީއެއްލިޔުނީމު މުއިއްޒުގެ ވެރިކަންވެސް ނިމޭނެ رئيس عبدالله يامين عبدالقيوم ގެ މައްޗަށް ކޮށްފައިވާ ނުޙައްޤު ޙުކުމުންވެސް ﷲ އިރާދަފުޅާއެކު ނިމިގެންދާނެ މިއީ ވަރަށް ވާހަކަ


7

ކިޔާމީހާ

24-Nov-2023

މުއިއްޒު ވެސް ވެރިކަން ކުރިޔަދީބަލަ.



ޓްރެންޑިން