ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފްލެޓާއި ގޯތި ދޭނެކަމަށް ބުނެ ލިޔުން ދީފައިވާ މީހުންގެ ފްލެޓާއި ގޯތިތައް އަތުލަން މިސަރުކާރުން ނިންމައިފިނަމަ އެކަމާއި ދެކޮޅަށް އިހުތިޖާޖްކުރާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައުްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ ފްލެޓާއި ގޯތި ދިނުމުގެ މަސައްކަތަކީ ސަރުކާރަކުން ކޮށްފައި އޮތް ކަމެއްކަމަށާއި އެއީ ރައްޔިތުންނާ ގުޅުންހުރި ކަމެއްކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ކުރިއަށް ދާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައުްޔާޒު ވިދާޅުވީ މި ސަރުކާރުން މާލެ ސަރަހައްދުން ދީފައިވާ ގޯއްޗާއި ފުލެޓުތައް އަތުލަން އުޅުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި އެކަމާއި ދެކޮޅަށް އެމްޑީޕީން އިހުތިޖާޖުކުރާނެކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އެކަމަށް އިހުތިޖާޖު ވެސް ކުރާނަން، އެނޫން ގޮތަކަށް އެބޭފުޅުން އެކަން ކުރައްވާ ކަމަކަށް ވަންޏާ،" ފައްޔާޒް ވިދާޅުވި އެވެ.

ހައުސިންގ މިނިސްްޓަރ ޑރ. ހައިދަރު އަހުމަދު އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކުރީ ސަރުކާރުން ފްލެޓާއި ގޯތި ދޭން ނިންމާފައިވާ މީހުންގެ ލިސްޓް މުރާޖަޢާ ކުރާނެކަމަށް ވިދާޅުވެފައެވެ.

ހައުސިންގ މިނިސްޓަރގެ ވާހަކަފުޅާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ރައްޔިތުން ފާޑު ކިޔާ މައިގަނޑު ސަބަބަކީ ފްލެޓާއި ގޯތި އަތުނުލާނެކަމަށް އިންތިހާބުގައި ވައުދުވުމަށްފަހު އެކަމާއި ދިމާ އިދިކޮޅަށް ސަރުކާރުން މަސައްކަތް ކުރަމުންދިއުމެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކުރީސަރުކާރުން ދޫކޮށްފައިވާ ގޯއްޗެއްވެސް އަދި ފްލެޓެއްވެސް އެމަނިކުފާނުގެ ސަރުކާރުގައި އަތުނުލާނެ ކަމަށެވެ.

ކުރީސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި ފުލެޓް އަތުލައިފި ނަމަ އިހުތިޖާޖު ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވިއިރު 2018ގައި ނިމުނު ޕީޕީއެމްގެ ސަރުކާރުގައި ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރ ކަމުގައި ދޫކުރި ހިޔާ ފްލެޓްތައް އެމްޑީޕީ ސަރުކާރުން ދޫކުރީ އަލުން ފޯމުތައް މުރާޖަޢާކޮށް އާލިސްޓެއް އެކުލަވާލައިގެންނެ.


ކިޔުންތެރިންގެ ހިޔާލު


0

އަލީ

24-Nov-2023

ތިބުނާ ފުލަޓް ތަކަކީ ރިޔާސީ ވަދުގެ ތެރޭގައި އެއްޗެކޭ ނުބުނޭ ހަބަރު ލިޔާއިރު އޮޅުވާނުލައްވާ ވަރައް ސާފް އިބާރާތުން ބުނީ ފުލަޓާއި ގޯތި ނުނަގާނެކަމައް އެހެންވީމަ މުއީޒު ވާނީ މުނާފިގަކައް


-3

ސަފު

24-Nov-2023

ލިސްޓު ބަދަލުކުރުން ވިޔަސް އަދި ރިވިއު ކުރުން ވިޔަސް، މިހާރު މިއުއިއްޒު އަމަލު ކުރައްވަމުން އެ ގެންދަވަނީ ކެމްޕޭނު ވައުދުތަކާ ހިލާފަށް،


-4

ީސަފު

24-Nov-2023

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކުރީސަރުކާރުން ދޫކޮށްފައިވާ ގޯއްޗެއްވެސް އަދި ފްލެޓެއްވެސް އެމަނިކުފާނުގެ ސަރުކާރުގައި އަތުނުލާނެ ކަމަށެވެ.


-1

ފައްޔާޒު

24-Nov-2023

ކަލޭއަމާ ކައިރީގަ އިދެ އިހުތިޖާޖު ކޮއްބަލަ ތީބޮޑު ވަގެކޭ ރައީތުންބުނެފި ދެންމައިތިރިވެގެންހުރޭ


2

ބުއްޅަބެ

24-Nov-2023

ފައްޔާޒު އަމާބަފާ މުދާތަތީ ހިޔާފުލެޓު އަތުލެވޭ އެހެންވީމަމިހާރުވެސްއަތުލެވޭނެ


-5

އަދުރޭ

24-Nov-2023

ފަޔާޒް ކަލޭގެ އަމާ ބަފާގެ މުދާތަ އެއީ ކަލެއައް ނޭގޭނެ ހަދައް ވާގޮތެއް ކަލޭތީކާކު ބިރެއް ނުދެއްކޭނެއް


-5

މޮޓޫ

24-Nov-2023

އެކަކައްދެބުރުދެފުލެޓުދިފައެބަހުރި


2

މަކުނު

24-Nov-2023

މުއީޒު ބުނީ ގާނޫނާ ގަވައިދާ އެއްގޮތައް ދީފަ ހުރި ގޯތި ފްލެޓް ވާހަކަ، ތީ ގާނޫނާ ހިލާފައް ދީފަ ހުރި އެއްޗެއް


1

ފަސްހިޔަނި

24-Nov-2023

އަހަރެމެންބުނީމެއްނު ޔާމީނައްވުރެ ދެބާ ހިޔަޅުކަން ގަދަވާނޭ އަދި މިއުޅެނީ އެރިތާ މަހެއްނުވެ އެހާއަވަހަށް ރައްޔިތުންގެ ކަރުގައިތިހިފީ ދެންތިބޭ ކަރަށް ލޮނުއަޅައަގެން ހޮވާގެން


-7

ފަސްހިޔަނި

24-Nov-2023

ތިބުނާ ހައިދަރު ކުފޫހަމެއްނުވޭ ކިތައްމެ ޑޮކްޓަރެއް ކެބިނެޓައްލިޔަސް ކުފޫހަމަވާ އެކަތި ވެސްނެތް ރުހުންނުދޭތި ވެރިކަމަށް އައީ ދޮގުވިއްކާއިގެން


-2

އަދުރޭ

24-Nov-2023

ދެންބިރެއްނުދެއްކޭނެ ބިރުފަހަނަޅައަޅާދާނަން ތިއޮތީ ބޯވަތައްޖަހާފަ



ޓްރެންޑިން