ޕީޕިއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމު އެ ޕާޓީން ވަކިވެވަޑައިގަތުމަށް މިރޭ ނިންމަވައިިފިއެވެ.

ރައީސް ޔާމިން ޕީޕިއެމް ދޫކޮށްލައްވަން ނިންމެވިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަހުމަދު މިރޭ ޗެނަލް 13 އަށް ދެއްވި އިންޓަވިއު އެއްގައެވެ. ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޕީޕީއެމް ދޫކޮށްލައްވާ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

ޖަމީލު ވިދާޅުވީ އާ ސިޔާސީ ޕާޓީއެއް ހަދަން ޔާމިން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުހޯއްދަވާތީ ކަމަށެވެ. އެގޮތުން، ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ޔާމީން ގުޅުއްވުމުން ރައީސް ޑރ. މުއިއްޒު، ފޯނު ނުނަންގަވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ޕީޕީއެމް މިހާރު އޮތީ ވަކި ބަޔަކު ހިސޯރުކޮށްފައި ކަމަށެވެ.

މީގެއިތުރުން ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި މިހާރު ވެސް އެތައް ބަޔަކު ތިއްބެވި ކަމަށެވެ. އަދި މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ޕީޕިއެމަކީ ޕާޓީއެއް ނޫން ކަމަށާއި ޕާޓީ އޮތީ ހައިޖެކް ކޮށްފައި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޕީޕީއެމާއެކު ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުން މަގުމަތިކޮށްލުމުގެ ފުރުސަތު ޔާމީން ނުދެއްވާނެ ކަމަށް ޖަމީލް މިރޭ ވަނީ ވިދާޅުވެފައެވެ.

ޖަމީލް ވިދާޅުވީ ކޯލިޝަނަކުން އައި ވެރިކަމެއް ނަމަވެސް ސަރުކާރު އެކުލަވާލީ ވެސް ޔާމީނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. އެގޮތުން ވެރިކަން ގެންނަން މަސައްކަތް ކުރި ޕީޕީއެމްގެ މަދު ބަޔަކު ފިޔަވާ ސަރުކާރު ތެރޭގައި ތިބީ މުޅިން ވެސް ބޭރުން އެކި ދިމަދިމާއިން އައިސްފައިވާ ބޭފުޅުންތަކެއް ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމިން ޕީޕިއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީ އެއް އުފައްދަން ނިންމަވާފައިވާއިރު، ޔާމިން އެންޑޯޒް ކުރައްވައިގެން، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައި ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

ޕީއެންސީ އަކީ ޕީޕިއެމްގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެެކެެވެ. އެޕާޓީއަކީ ޕީޕީއެމް ގެއްލިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ސިޔާސީ ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކުރާނެ ޕާޓީއެއްގެ ގޮތުގައި އުފެއްދި ޕާޓީއެކެެވެ. އޭރު ރައީސް މައުމޫނާއި ޔާމީނާއި ދެމެދު އުފެދުނު ޚިޔާލު ތަފާތު ވުމެއްގައި ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ އުފެދި، އެމައްސަލަ އޮތީ ޝަރުޢީ މަރުހަލާގައެވެ.

ޕީޕީއެމް ގެއްލިދާނެތީ އުފެއްދީ ޕީއެންސީގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް (އަދުރޭ) އެވެ. ޕީއެންސީގެ ޓިކެޓްގައި މުޢިއްޒު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވީ ރައީސް ޔާމިނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަަށް ސްޕުރީމް ކޯޓުން ނިންމުމާއި ގުޅިގެންނެވެެ.


ކިޔުންތެރިންގެ ހިޔާލު


0

ހަސަނާ

24-Nov-2023

ސަފީނޯއި ހިގާބަލަ ޔާމީން އުފައްދާ ޕާޓީ ކުލައިގެ ޖަގިޔާ އެބަހުރި ކަދުރު ފާތުމާގެ ގޭގަ ގަންނާނެބާ ގަންނާނެބާ


8

ބޮޑުވަޒީރު

24-Nov-2023

ތިހެން ޕާޓީއެއް އުފެއްދި އަންނިވެސް


2

ޥާނުވާ

24-Nov-2023

ޜަނިންމޭޓަކަށް ޑރ.ޖަމީލް ހަމަޖައްސައިގެން ވެރިކަން ލިބުނީމާ ޖަމީލް ބޭރުކޮށްލީ މިހާރު ހާލުގައި ޖެހުނު ދުވަހު ޖަމީލު އެކަނި ތިހުރީ


11

ޥާނުވާ

24-Nov-2023

މިހާރު ތިއޮތީ ފުއްޕި އަންނި އާއި ފުއްޕި ޔާމިން ވެފަ


-6

ހަސަނާ

24-Nov-2023

ރައީސް މައުމޫމް އުފެއްދި ޕާޓީއެއް ޕީޕީ އެމް އަކީ އެކަމަކު އެފަކީރު އަތުން ޕާޓީ ފޭރިގަނެގެން އަމިއްލަ ކުރީ ތަގުދީރު ނިޔާކުރާގޮތް ވިސްނާލަބަލަ މިއަދު އަމިއްލަ އައް ޕާޓީ ދޫކޮށްލަން ޖެހުނީ ރައީސް މައުމޫން މުސްކުޅި އުމުރު ފުޅުގައި ޖަލަށް ލީ މިއަދު ތިއޮތީ ޖަލުގަ 11 އަހަރުގެ ޖަލުހުކުމެއްގަ


-3

ރާކަނިމަސް

24-Nov-2023

ޔާމީނަށް ޖެހޭނީ އަންނިއަށް ޖެހުނު ދަތުރު! ޕާރޓީ ގެއްލި، ވެރިކަން ގެއްލި، މަޖްލިސް ގެއްލި، ސިޔާސީ ދާއިރާއިންވެސް ވާނީ ބާކީ! ޒަމާން ބަދަލުވެއްޖެ! އެންމެންނަށްވެސް އިނގޭ ފަޅުތައް ވިއްކާފައި ޑޮލަރު ނެގީ ކާކުކަން! އިންސާފު ހަމަކުރާނެކަން! ތިހުރީދެން ޖަލުންވެސް ސަލާމަތްވެފަ! ހަމަ ޖެހޭނީ ހުކުމްގެ މުއްދަތު ހަމަކުރަން! ހެހެހެހެ 11 އަގާރަ އަހަރު ޖަލުގައި އޮވޭ!



ޓްރެންޑިން