ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ޕީޕިއެމުން ވަކިކޮށްފައިވާ ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގޮވާލައްވައިފިއެެވެ.

މަލީހު މިކަމަށް ގޮވާލެއްވީ ޕީޕިއެމްގެ ރައީސް، ޔާމިންގެ މަޝްވަރާ ރައީސް މުޢިއްޒާއި ލީޑަރޝިޕުން ބަލައިނުގަންނަ ކަމަށް ވިދާޅުވެ އެޕާޓީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް ހައްދަވަން ރައީސް ޔާމިން ނިންމެވުމާއި ގުޅިގެންނެެވެ. ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ވަނީ ރައީސް ޑރ. މުޢިއްޒު ވެރިކަމުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.



މަލީހް ވިދާޅުވީ ރައީސް މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމިން މިނިވަން ކުރައްވާފައިނުވާ ކަމަށެވެެ. އަދި ވެރިކަމަށް ވަޑައިގެންނެވުނު ގޮތް މުޢިއްޒު ހަނދުމަފުޅު ނެތް ކަމަށް މަލީހް ވިދާޅުވިއެެވެ.

"ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ނުކުރެއްވި. ވެރިކަމަށް ވަޑައިގަތް ހުސް ގޮނޑި ހަދާން ނެތިއްޖެ. ޑރ. މުއިއްޒުގެ ވެރިކަމުގެ ލެގިޓިމަސީ ގެއްލިއްޖެ. ވަގުތުން ޑރ. މުއިއްޒު އިސްތިއުފާ ދެއްވުމަށް ގޮވާލަން." މަލީހު ވިދާޅުވިއެވެ.

ޕީޕީއެމްގެ ސެނެޓް މެމްބަރެއްގެ ގޮތުގައި ހުރެ ޕާޓީ ބަދުނާމުކޮށް ޕާޓީ ބައިބައިކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ ޕާޓީގެ ހަރަކާތްތަކުން މަލީހު ސަސްޕެންޑްކޮށް ލީޑަޝިޕްގެ ފަރާތުން ސުލޫކީ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އޭނާ ޕާޓީން ވަކިކުރަން މިހާރު ވަނީ ނިންމާފައެެވެ.


ކިޔުންތެރިންގެ ހިޔާލު


2

ކާކީ

26-Nov-2023

ޔާމިނު ނައިބަކަށް ބޭބެ ގެނާމަ ބޭބެ ހީކުރީ މިއާދެކުނީ ރައީސް ކަމަށްހެން. ދެން ދިޔައީ ޔާމިނު ގޮވާގެން ކޯޓަށް. ކާމިޔާބު ނުވީމަ ލަދުން ދިޔައީ ގައުމުދޫކޮއް. ހަމަ އެ ބޭބެ ޔާމިނުގެ ވަކީލަކަށްނުކުމެ މިއުޅެނީ ކާކަށް ކޮންކަމެއް ސާބިތު ކޮއްދޭންބާ. ބޭބެ ބޭނުންވީ މޮޅުގޮތަކަށް ވިރިކަމަށް އަނަށް. އެކަން ނުވިތާ މަލީހުއަށްވެސް ބޭބެއަށްވެސް މުއްއިޒް ސަނާނުކީމަ ހަޖަމު ނުވީ. މަލީހު ހީކުރީ އެންމެ ފަހުވަގުތު ބޯއްދިއްކޮއްލީމަ މިނިސްޓަރުކަން ލިބޭނެ ކަމައް. މަލީހު ތީ ބޮޑުތަނުން ފެއިލްވެފަ ހުރި މިނިސްޓަރެއް. ތި ނިކުތީ ޔާމިނުއަށް ހެޔޮއެދިގެންނެއްނޫން އަމިލަ ފައިދާއަށް. މިޤައުމު ހަލާކުނުކޮއް މަޑުން ހުރެވޭތޯބަލާ.


1

ޖުހާ

26-Nov-2023

މަލީހުއަށްތިއެބުރިގޭސްގަޑުން ވީގޮއްމަލީހުކިޔާދޭއަޑުވަރައްއަވަހައްފަޅާ އަރާނެވިސްނައިގެންހުރޭޖަވާބުދޭން


5

އެޑިޓް

24-Nov-2023

މީ މުދި ހަނދާން ވެގެން އުޅޭ އެއްޗެއް..


-5

މަގޭ

24-Nov-2023

މުއީޒު ހުވާ ކުރެއްވީ ޔާމިނު ސަލާމަތް ކުރާކައް ނޫން ހުވާ އަޑު އައްސަވާ ލައްވާ


-5

މަގޭ

24-Nov-2023

މުއީޒު ހުވާ ކުރެއްވީ ޔާމިނު ސަލާމަތް ކުރާކައް ނޫން ހުވާ އަޑު އައްސަވާ ލައްވާ


0

މަގޭ

24-Nov-2023

މުއީޒު ހުވާ ކުރެއްވީ ޔާމިނު ސަލާމަތް ކުރާކައް ނޫން ހުވާ އަޑު އައްސަވާ ލައްވާ


-1

ރަޝީދު.

24-Nov-2023

މަލީހަކީ ފަނާކުރަނިވި ފިކުރުގެ މީހއް . މަލީހު ކަމުދިޔަ އެއްވެސް ބަޔަކު ،އެއްވެސްޕާޓީއެއް މިޤައުމަކު ނެތް. މަލީހަކީ ބޮޑު އިބުލީހެއް ! ކައިރިކުރާކަށްނުވާނެ.


-1

ވ

24-Nov-2023

މަލީހު ތިބުނީކީވެސް ދޮގެއްނު މުއިއްޒު ބުނީތިމަންމި ެރިކަމަޒްއަރަނީ.ޔާމީންސަލާމާތ ކުރަންކަމަށް އެކަމަކު ޖަލުގާތިބިމީހުންމަރާބޮޑެތިވެގެންވާހާކުންތަކުގާ ތިބިމީހުންތަށްދަނީދޫކޮއްލަމުން ޔާމީނުއެހުރީ އަދިވެސްބަންދުގަ


-4

ކިޔާމީހާ

24-Nov-2023

ޖަލުގައި ތިބި އެހެން ކުށްވެރިންގެ ހައްގު ކޮބައިތޯއެވެ. މަލީހު ޙަޖަމު ކުރަން ދަސްކޮށް ކެއްތެރިވާން ދަސްކުރަން ޖެހޭ


-5

ާޢ.ވ

24-Nov-2023

މަލީޙު އަބަދުވެސް އަޅުގަނޑަށް ފާހަގަ ވެފައިވަނީ ފިތުނަ އުފައްދާ ބޭފުޅެއްގެ ގޮތުގަ ސަރުކާރު ގެންނަން މަސައްކަތް ކުރައްވާނެ ހަމައެއާއެކު ސަރުކާރު ވައްޓާލަން މަސައްކަތް ކުރައްވާނެ



ޓްރެންޑިން