އެމްޑީޕީގެ ވަގުތީ ރައީސަކަށް، ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރަން އެޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

އެމްޑީޕީގެ ވަގުތީ ރައީސަކަށް އެޕާޓީގެ ކުރީގެ އިސްލީޑަރު އިބްރާހިމް މުޙައްމަދު ސާލިޙު އައްޔަންކުރަން ފާސްކުރީ އއ.އުކުޅަހުގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ ތެރެއިން 47 މެމްބަރުން ވަނީ ރައީސް ސޯލިހް ވަގުތީ ރަައީސަކަށް އައްޔަންކުރަން ވޯޓް ދެއްވާފައެެވެ.

އެމްޑީޕީން ބުނީ އެޕާޓީއަށް ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ބާއްވާނެ ކަމަށެެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ރައީސް ކަމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެެވެ. ނަޝީދު އިސްކޮށް ހުންނަވައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް މިހާރު ވަނީ އުފައްދަވާފައެެވެ.

އެމްޑީޕީގެ ރައީސް ކަމާއި ގައުމީ މަޖިލީހުގެ ގިނަ މަގާމުތަކެއް ހުސްވެފައިވާއިރު އެ މަގާމުތަކަށް މީހުން އިންތިހާބު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް އެމްޑީޕީން މިހާރު އަންނަނީ ތައްޔާރުވަމުންނެެވެ.

އެމްޑީޕީގެ ވަގުތީ ރައީސަކަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އައްޔަންކޮށްފައިވާއިރު އެމަނިކުފާނާއި އަނބިކަބަލުން ފަޒްނާ އަޙްމަދު މިވަގުތު ވަޑައިގެންވީ ރާއްޖެއިން ބޭރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން